ads
ފުލުހުން ކްރިމިނަލްކޯޓް ކައިރީ
ފޭރުމުގެ މައްސަލައެއްގައި މެދު އުމުރުގެ އަންހެނަކު ހައްޔަރުކޮށްފި
ފޭރުމުގެ މައްސަލައެއްގައި މެދު އުމުރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
Advertisement

ފޭރުމުގެ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 44 އަހަރުގެ، ފާތިމަތު ނަމަކަށް ކިޔާ އަންހެނެކެވެ. މި އަންހެން މީހާގެ މައްޗަށް، ފޭރުމުގެ އިތުރުން، ހުއްދަނެތި އެހެން މީހެއްގެ މުދަލަށް ބާރު ފޯރުވުމުގެ ތުހުމަތު ފުލުހުން ކުރެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ފާތުމަތުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހު އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް