ads
މީހަކު ފިތުރު ޒަކާތް ދައްކަނީ
ފިތުރު ޒަކާތް: މެދު ދިހައެއްގައި 4.7 މިލިޔަން ރުފިޔާ ޖުމްލަ 7 މިލިއަން
މި ރޯދަ މަހުގެ މެދު ދިހައެއްގައި ފިތުރު ޒަކާތުގެ ގޮތުގައި 4.7 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ޒަކާތު ހައުސް އިން ބުނެފިއެވެ.
Advertisement

ޒަކާތު ހައުސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރޯދަމަހުގެ ދެވަނަ ދިހައެއްގައި ޒަކާތުގެ ގޮތުގައި ޖުމްލަ 4،718،374.42 ރުފިޔާ ވަނީ ލިބިފައެވެ. މީ އޮންލައިންކޮށާއި މިނިސްޓްރީގެ ކައުންޓަރުތަކަށް ދެއްކި ފައިސާގެ އަދަދު ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.

މި އަދަދާއި އެކު މިއަހަރި ރޯދަމަހުގެ 20 ގެ ނިޔަލަށް ފިތު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ 7.6 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. މީ މދިިޔަ އަހަރު މި މުއްދަތާއި އަޅާ ބަލާއިރު 3 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ރޯދައިގެ ފުރަތަމަ ދިހައެއްގައި ޒަކާތުގެ ގޮތުގައި ލިބުނީ 4.6 މިލިއަން ރުފިޔާއެވެ.

your imageމިދިޔަ 5 އަހަރުގެ ރޯދަމަހުގެ 20ގެ ނިޔަލަށް ޒަކާތް ލިބިފައިވާ މިންވަރު 

ޒަކާތު ހައުސް އިން ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ. އަދި ބަނޑޭރި ޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. 

މުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުން ކުރިއަށް ދާނެކަމަށް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް