ޖުމްލަ 175 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން 11.9 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ސަން ވިލް ޕްރައިވެޓް ލިމިޓެޑް އާ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ތުލުސްދޫއަކީ މާލެއަށްފަހު އެ ކުންފުނީގެ ހިދުމަތް ފެށި ފުރަތަމަ ރަށްކަމަށެވެ.
އެ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވީ ތުލުސްދުއަށް ބޭނުންވާ ވަރަށް ކަރަންޓު ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
މި ރަސްމިއްޔާތުގައި ފަހުމީ އަދި، މެންބަރު ނަސީމްގެ އިތުރަށް ސްޓެލްކޯގެ އިސް ވެރިންނާއި އަދި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ބައިވެރިވެވަޑައިގެންނެވި އެވެ.