ads
މިއަދު ހއ. އަތޮޅުގެ ހަތް ރަށެއްގައި އޭޓީއެމް ހުޅުވުން
އުތުރުގެ ހަތް ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހއ. އަތޮޅުގެ ހަތް ރަށެއްގައި އޭޓީއެމް ހުޅުވައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.
Advertisement

މިއަދު އޭޓީއެމް ހިދުމަތް ދޭން ފެށި ރަށް ތަކަކީ ހއ. މާރަންދޫ، ހއ. އުތީމު، ހއ. ތަކަންދޫ، ހއ. ތުރާކުނު، ހއ. މުރައިދޫ ހއ. އުލިގަމު އަދި ހއ. މޮޅަދޫ ގައި އެވެ 

މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގަ އެވެ. މި މަޝްރޫއާއެކު ރައްޔިތުންގެ މާލީ ބައިވެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ރާވާފަ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރުގެ ނިޔަލަށް އޭޓީއެމްގެ ހިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުދެކެވެ.

your imageމިއަދުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ޝަރީފު ވާހަކަ ދައްކަވަނީ

މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރު އޭޓީއެމް ގާއިމު ކުރެވޭނެ ކަމަށާއި މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި 250 އަށްވުރެ ގިނަ ސެލްފް ސާވިސް އޭޓީއެމް ގާއިމުކުރެވޭނެ ކަމަށެވެ.

ޝަރީފް ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ގެ ނަމުގައި ސަރުކާރުން ފެށި މަޝްރޫއަކީ މުހިންމު ގައުމީ މަސައްކަތެއްކަން ފާހަގަކުރައްވާފަ އެވެ. އަދި އާބާދީ ކިތަންމެ ކުޑަ ރަށަކުންވެސް ބޭންކްގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރައްޔިތުންނަށް މިހާރު ދިމާވާ ދަތިތަކަށް އޭޓީއެމް ގާއިމުކުރުމުން ހައްލު ލިބިގެންދާނެ ކަމަށެވެ. 

ހއ. އަތޮޅުގައި ގާއިމުކުރި އޭޓީއެމްތަކުގެ ހިދުމަތާ އެކު، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސާވިސް ބޭންކިން ސެންޓަރު، 165 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް