ads
ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަދި މަޝްހޫރު ޕްރެޒެންޓަރު ހުސައިން ރަމީޒް ވާހަކަ ދައްކަނީ.
ކަރަމާތް ނުގެއްލޭހެން ކޮންޓެންޓު އުފައްދަން ބްރޯޑްކޮމް އިން އިލްތިމާސްކޮށްފި
އެއްވެސް މީހެއްގެ ކަރާމަތެއް ނުގެއްލޭހެން ކޮންޓެންޓު އުފެއްދުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
Advertisement

ބްރޯޑްކޮމް އިން އެގޮތަށް އިލްތިމާސްކުރީ،  ރާއްޖެ ޓީވީން "ކާލާ ބައިސާ" ގެ ނަމުގައި ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ނިސްބަތްވާ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް (ޕާޕާ ފަޔާޒް) އޯޓިސްޓިކް ކުދިންނާއި ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ފުރައްސާރަކޮށް، އެފަދަ ކުދިންގެ ކަރާމަތަށް ކުޑައިމީސްވާ ގޮތަކަށް ވާހަކަދައްކާފައި ވަނިކޮށެވެ.  

އެކަމާ ގުޅިގެން ބްރޯޑްކޮމުން، ނެރުނު ބަޔާނެއްގައި ވަނީ، ދިވެހިރާއްޖެ ގާނޫނު އަސާސީގެ 35ވަނަ މާއްދާގައި ބުނާ "ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނާ އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަން" އަދި ބްރޯޑްކާސްޓުކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްތަކާ ގައިޑްލައިންތަކާ ޚިލާފުވާ ކޮންޓެންޓު ބްރޯޑްކާސްޓު ކުރުމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން، އެ ފަދަ ކޮންޓެންޓު ތަހުގީގުކޮށް، އެކަން ރަނގަޅު ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގެ ފުރިހަމަ އިހުތިސާސް ކޮމިޝަނަށް ލިބިފައިވާ ކަމަށާއި ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓު ބަލައި ގާނޫނުން ޖާގަ ދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ގާނޫނު އަސާސީއާއި ރާއްޖޭގައި އަމަލުކުރަމުންދާ އެންމެހާ ގާނޫނުތަކަށް އިހުތިރާމުކޮށް، އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓު އުފެއްދުމަށް ބްރޯޑްކާސްޓަރުންނަށް ބްރޯޑްކޮމުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޕާޕާ އާއި މޮސްޓާ ދެއްކި ވާހަކަތަކަށް ފާޑުކިޔައި މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ބައެއް މީހުން ޓީވީތަކުގައި ހީސަމާސާކުރަން އެކި މީހުންނަށް ނިސްބަތްކޮށް އޯޓިސްޓިކް ގޮތެއް ހުންނަ މީހެއް ކަމަށް ސިފަކޮށް ވާހަކަ ދެއްކުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް