ads
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު
ގޯތި ވައްކަން: ފަޒުލް އާއި ފަޒީލް ހިމެނޭހެން އެންމެންގެ ޕާސްޕޯޓު ދޫކޮށްލައިފި
ބިންވެރިޔާ ސްކީމްގެ ދަށުން ވަގު ގޯތި ނުލިބޭ ބަޔަކަށް ވަގު ލިޔުން ތައްޔާރުކޮށް ވިއްކި މައްސަލައިގެ ތުހުމަތުގައި ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން އެ މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓި އެންމެންގެ ޕާސްޕޯޓު ދޫކޮށްލައިފި އެވެ.
Advertisement

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ހިމެނޭހެން 24 މީހެއްގެ ޕާސްޕޯޓު ފުލުހުން މީގެ ކުރިން ހިފެހެއްޓި އެވެ.

ފުލުހުންގެ މީޑިއާ ޓީމުން މިރޭ ބުނީ ޕާސްޕޯޓު ހިފެހެއްޓި ހުރިހާ މީހުންނަށް ޕާސްޕޯޓުތައް ހަވާލުކޮށްފައިވާ ކަމަށެވެ. މިގޮތަށް ކަންކުރަން ނިންމި ސަބަބެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ނުނިމޭ ކަމަށް ފުލުހުން ބުންޏެވެ. 

"ފަޒުލް އާއި ފަޒީލް ހިމެނޭހެން އެންމެންގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ދޫކޮށްލާފައި،" އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާކޮށްފައެއް ނުވެ އެވެ. ނަމަވެސް، މި ތަހުގީގު ނިމުނު ކަމެއް ނުވަތަ ކުރިއަށްދާ ކަމެއް ނުވަތަ ތަހުގީގާ ގުޅޭ އެ ނޫން އާ ތަފްސީލެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މި މައްސަލާގައި ފުލުހުން ވަނީ ފަޒީލް އާ ސުވާލުކޮށް ފަޒުލް ދިރިއުޅޭ ގެ ވެސް ބަލައިފާސްކޮށްފަ އެވެ. އެޗްޑީސީގެ އެމްޑީކަމުން ފަޒުލް އިސްތިއުފާދިނީ މި މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.

އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށް ފުލުހުން ވަނީ 1.4 މިލިއަން ރުފިޔާ ހޯދާފަ އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ނުނިމެނީސް ފުލުހުން ވަނީ މިދިޔަ މަހު ތެރޭ އޭނާއާ އެ ފައިސާ ހަވާލުކޮށްފަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް