
ހިއުމަން ރައިޓްސް ކޮމިޝަނުން އެގޮތަށް އިލްތިމާސްކުރީ، ރާއްޖެ ޓީވީން "ކާލާ ބައިސާ" ގެ ނަމުގައި ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ނިސްބަތްވާ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް (ޕާޕާ ފަޔާޒް) އޯޓިސްޓިކް ކުދިންނާއި ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ފުރައްސާރަކޮށް، އެފަދަ ކުދިންގެ ކަރާމަތަށް ކުޑައިމީސްވާ ގޮތަކަށް ވާހަކަދައްކާފައި ވަނިކޮށެވެ.
އެޗްއާރުސީއެމްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މިފަދަ އަމަލުތައް ނުކުރުމަށާއި އަދި މީޑިއާތަކުން ގެނެސްދޭ މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްގާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ގެނެސްދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
ޕާޕާ އާއި މޮސްޓާ ދެއްކި ވާހަކަތަކަށް ފާޑުކިޔައި މާހިރު ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ބައެއް މީހުން ޓީވީތަކުގައި ހީސަމާސާކުރަން އެކި މީހުންނަށް ނިސްބަތްކޮށް އޯޓިސްޓިކް ގޮތެއް ހުންނަ މީހެއް ކަމަށް ސިފަކޮށް ވާހަކަ ދެއްކުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
ޕާޕާ އާއި މޮސްޓާ ދެއްކި ވާހަކަތަކަށް ފާޑުކިޔައި މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ބައެއް މީހުން ޓީވީތަކުގައި ހީސަމާސާކުރަން އެކި މީހުންނަށް ނިސްބަތްކޮށް އޯޓިސްޓިކް ގޮތެއް ހުންނަ މީހެއް ކަމަށް ސިފަކޮށް ވާހަކަ ދެއްކުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.