ads
ނަބަވީ މިސްކިތުގައި އިއުތިކާފްގައި ތިބި މީހުން
ނަބަވީ މިސްކިތުގައި 4000 މީހުން އިއުތިކާފުގައި
މި ރޯދަމަހުގެ ފަހު 10 އެއްގައި މާތް ނަބިއްޔާ މުހައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މިސްކިތްކޮޅު މަސްޖިދުއް ނަބަވީގައި 4000 މީހުން އިއުތިކާފުގައި މަޑުކޮށްފި އެވެ.
Advertisement

ސައުދީ ޕްރެސް އެޖެންސީ ބުނާ ގޮތުން މި 4000 މީހުންނަކީ 120 ގައުމަކަށް ނިސްބަތްވާ މީހުންނެވެ. އޭގެެތެރޭގައި އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ. 

ނަބަވީ މިސްކިތުގައި އިއުތިކާފަށް ތިބޭ މީހުންނަށް ވަކި ސަރަހައްދެއް ވަނީ ހަމަޖައްސާދީފައެވެ. އެގޮތުން ވަކިން ފުރާޅެއް ހިމަނާ ޓެރަސްގައި ވަނީ ތަނެއް ހަމަޖައްސާފައެވެ. 

މިސްކިތުގެ ހުޅަނގުގެ ފުރާޅުގެ ބައިގެ 6 ނަމްބަރާއި 10 ނަންބަރު ސިޑިން ވަދެވޭ ގޮތަށް އޮންނަ ބަޔަކީ ފިރިހެނުންނަށް ހާއްސަކޮށްފައިވާ ބައެވެ. އަންހެން އިރުއުތުރު ބައެވެ. 24 އަދި 25 ވަނަ ދޮރުން ވަދެވޭ ބައެވެ.

ނަބަވީގައި އިއުތިކާފަށް ތިބޭ މީހުންނަށް ވަނީ ގިނަ ހިދުމަތްތަކެއް ހަމަޖައްސާދީފައެވެ. އޭގެތެރޭގައި އިއުތިކާފަށް ތިބޭ މީހުން ގެ ރޯދަ ވީއްލުމާއި ހާރުކެއުން ހިމެނެއެވެ. އަދި ތަކެތި ބަހައްޓާނެ ލޮކަރަކާއި ތަރުޖަމާނުންނާއި މޮބައިލް ޗާޖިން ސްޓޭޝަންތައް ހިމެނެއެވެ.

މީގެއިތުރުން ކޮންމެ މީހަކަށް ބޭނުންވާ ޒަރުރީތަކެތި ހިމެނޭ ޕާސަނަލް ކެއާ ކިޓެއްވެސް ވަނީ ދީފައެވެ. އަދި އިއުތިކާފަށް ތިބޭ މީހުންކަން އެނގޭ ގޮތަށް އަތުގައި ވަނީ ބޭންޑެއް ވެސް އަޅުވާފައެވެ.

މި ރޯދަމަހުގެ ފަހު ދިހައެއްގައި މަދިނާގައި އެކަނިވެސް މިލިއަނަކަށް ވުރެ ގިނަ މީހުން އަންނަނީ އަޅުކަން އަދާކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް