ads
ރައީސް ޑރ. މުއިއްޒު
ބަންގްލަދޭޝްގެ ރައީސާއި ޗީފް އެޑްވައިޒަރަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުވައިފި
ބަންގްލަދޭޝްގެ 54 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީނަށާއި ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުހައްމަދު ޔޫނުސްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
Advertisement

ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮންނަ ގާތް އަދި މުހުތަރަމް ގުޅުން ހަރުދަނާކޮށްދެނީ، ސަރަހައްދީ ސުލްހަ މަސަލަސްކަން ދެމެހެއްޓުމާއި ފަރުދީ ފެންވަރުގައި ގުޅުން ބަދަހިކުރުމާމެދު ދެ ގައުމުން ހިއްސާކުރާ ގަބޫލުކުރުންތައްކަމަށެވެ. 

ތަފާތު ދާއިރާތަކުން އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމުގައި ދެމިތިބެ، ދެ ގައުމަށްވެސް މަންފާ އިތުރުވާނޭ ފަދަ ގޮތެއްގައި މިގުޅުން ކުރިއަރަމުންދާނޭކަމުގެ ޔަގީންކަން އެބައޮތްކަންވެސް ހާމަކުރެއްވިއެވެ.

ބަންގްލަދޭޝްގެ މިނިވަންދުވަސް އިހުތިފާލުކުރެއްވުމުގެ ގޮތުން ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުންވެސް ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ. ބަންގްލަދޭޝަށް މިނިވަންކަން ލިބިފައިވަނީ 1971 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް