ads
މައުމޫން ވިދާޅުވީ ފިތުރު އީދު ވާނީ އާދިއްތަ ދުވަހަށްކަމަށް
އަންނަ އާދިއްތަ ދުވަހަކީ މިއަހަރު ފިތުރރު އީދަށް ވާނެކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
Advertisement

މި އަހަރުގެ ކަލަންޑަރު ބުނާގޮތުން މި އަހަރުގެ ފިތުރު އީދު ވަނީ މިމަހުގެ 31 ވާ ހޯމަ ދުވަހެވެ.

އެހެންނަމަވެސް ފަލަކީ އިލްމުވެރިޔާ އަދި ހަނދު ބެލުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ކުރީގެ ރައީސްގެ ހޯދުންތައް ކަލަންޑަރާއި ތަފާތެވެ. 

މައުމޫން ވިދާޅުވީ ވަރަށް ގިނަ އިސްލާމީ ގައުމުތަކަށް އީދު ވާނީ އަންނަ އާދިއްތަ ދުވަސްކަމަށެވެ. އެހެންކަމުން  ރާއްޖެއަށް ވެސް އެދުވަހަކީ އީދަށް ވާނެކަަމަށް ގަބޫލުކުރެވޭކަމަށެވެ. 

މައުމޫން ލިޔުއްވާފއިވާ ލިޔުމެއްގައި ވިދާޅުވި ސައުދީ އަރަބިއްޔާ، މިސްރު، ތުރުކީ އަދި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މި މަހުގެ 29 ވަނަ ދުވަހު އިރުއޮއްސުމަށް ފަހު ހަނދު ނުއޮއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާކަމަށެވެ. އެހެންކަމުން މިމަހުގެ 28 ވާ ހޮނިހިރު ދުވަސް ވަނީ މިއަހަރުގެ ރޯދައިގެ ފަހު ދުވަހަށްވެ އީދު ވަނީ  މިމަހުގެ 30 ވާ އާދިއްތަކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭކަމަށެވެ. 

"އެ ދުވަހު [މާޗް 30ގައި] ދިވެހިރާއްޖެއަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގައެވެ. ހަނދު އޮއްސެނީވެސް، ހަމަ އެގަޑީގައެވެ. އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ދިވެހިރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތްނަމަވެސް، ވަރަށް ގިނަ އިސްލާމީ ގައުމުތަކަށް އެދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވާނެތީ، މާރިޗު މަހުގެ 30 ވަނަ ދުވަހަކީ، ރާއްޖެއަށްވެސް ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެނޭ،" މައުމޫންގެ ލިޔުއްވުމުގައި ވެއެވެ.

މި އަހަރުގެ ފިތުރު އީދަށް ހަނދު ބެލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ. ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލުގައި އިސްލާމީ ގައުމަތަކަށް ހަނދު ފެނިއްޖެނަމަ އެގޮތަށް އަމަލުކުރަމުން އާދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް