ads
މިރޭ ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހިޔާލު ފާޅުކުރުމުގަ ހުދޫދު ތަކެއް އޮވޭ، ބޭނުންހާ އެއްޗެއް ބުނުން އެއީ މިނިވަންކަމެއް ނޫން
ބޭނުންހާ އެއްޗެއް މީހުންނާއި ދިމާލަށް ކިޔުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫން ކަމަށާއި، ހުދޫދުތަކެއް އޮންނަކަން ހަނދާންކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ހާފިޒުން ދަސްވެނިވުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސިޔާސީ ހިޔާލު ތަފާތުވުމާއެކީގައި އެ ވާދަވެރިކަމުގެ ތެރެއިން ވެސް ގޮސް ކޮންމެ މީހެއްގެ ވެސް އަބުރަށް އަރައިގަނެ އަދި އެ ނޫން ކަންކަމުގެ ތެރޭގައި ވެސް، އިންސާނީ ކަރާމަތަށް އަރައިގަންނަ ކަމަށެވެ. 

ނަމަވެސް މިއީ ގުރުއާން ދަސްކޮށްދޭ ގޮތް ނޫން ކަމަށާއި ގުރުއާނަށް އަމަލުކޮށްގެން ނޫނީ ގެއްލިގެންދާ އިންސާނީ ކަރާމާތް އަނބުރާ ނުގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިމަންނަ މަތިވެފައި، އަނެއް މީހާ ދަށްކޮށްލާފައި، ތިމަންނަ ބޭނުންވާހާ އެއްޗެއް އަނެއް މީހާއާ ދިމާއަށް ބުނުމުގެ ހައްގަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫން. ހައްގުތަކާ އެކީގައި އޭގެ ހުދޫދުތައް ވެސް އޮވޭ، ރައިޓްސްއާ އެކީ ލިމިޓޭޝަންސް އޮވޭ، އެހެންނޫނީ އިންސާނީ މުޖުތަމައެއް ހެޔޮ ގޮތުގައި ކުރިއަށް ނުދާނެ،" ރައީސް ވިދާޅުވި އެވެ.

ދިވެހި މުޖުތަމައު ރަނގަޅު ވާނީ އަނެއް އިންސާނާއަކީ ތިމަންނަ ފަދައިން ކަރާމާތްތެރި މީހެއްކަން ރައްޔިތުންނަށް ގަބޫލުކުރެވުނު ދުވަހަކުން ކަމަށާއި އެކަން ގުރުއާނުގައި ބަޔާންވެފައިވާ ކަމަށާއި އެކަން ގަބޫލުކުރަން ލިބޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި މޭރުމުން ރައީސް ވާހަކަދެއްކެވީ ގުރުއާނުގައި ނަހީ ކުރައްވާފައިވާ ކަންކަމުގެ ތެރެއިން ދިވެހިން ނުކުރާ ކަމެއް ނެތް ކަމަށާއި އެކަންކަމާ ދުރުވާން އަންގަވާފައިވާ ކަންކަން ކުރަނީ ސައްތައިން ސައްތަ އިސްލާމީ މި ގައުމުގައި ދިވެހިން އަމިއްލައަށް ކަމަށް ބުނެ ރައްޔިތުންނާމެދު ނުރުހުން ފާޅުކުރެއްވުމަށް ފަހު އެވެ.

"އަޅުގަނޑުމެން އެކަކު އަނެކަކުގެ އަބުރަށް އަރައިގަންނަނީ. ދެބައޮޑުވަނީ. ނެތިމޮށެނީ. ދޮގު ވާހަކަތައް އިންތިހާއަށް ފަތުރަނީ. މިހެންގޮސް އަޅުގަނޑުމެންގެ ތެރޭގަ ނެތް ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

މިއީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށާއި މިކަމަށް ދޭނެ ޖަވާބެއް ނުވިސްނޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރާއްޖެ އަކީ 100 ޕަސެންޓް މުސްލިމް ގައުމެއްކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ހައްގުތަކާ އެކު ހުދޫދު ތަކެއްވެސް އޮންނަ ކަމަށާއި އަދި އެ ނޫން ގޮތަކަށް އިންސާނީ މުޖުތަމައުއެެއް ކުރިއަށް ނުދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ތަކުރާރުކޮށް މި ވާހަކަ ދެއްކެވުމަށްފަހު ރައީސް ވަނީ ކޮންމެ ދުވަހަކު ގުރުއާނަށް އަމަލުކޮށްގެން މެނުވީ ގެއްލިފައިވާ އިންސާނީ ކަރާމާތް އަލުން ނުހޯދޭނެ ކަމަށާއި ބަނދަރާއި މަގުތައް ތަރައްގީ ކުރިޔަސް ހިތާއި ސިކުނޑި ތަރައްގީ ނުވެ ގައުމު ކުރި ނާރާނެ ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައިވާ ވާހަތައް ތަކުރާރުކުރައްވާފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް އެފަދައިން ވާހަކަދެއްކެވިއިރު، ރައީސްގެ ދަރިކަލެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި މައްސަލައެއްގައި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ކޯޓަށް ހުށަހަޅުއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް