ads
ސީއެންއެމް ބަދިގެ: ކުކުޅު ކުޅި ބޯކިބާ
"ސީއެންއެމް ބަދިގެ" އިން މިއަދު މި ގެނެސްދެނީ "ކުކުޅު ކުޅި ބޯކިބާ" ތައްޔާރުކުރާނެ ގޮތެވެ.
Advertisement

ބޭނުންވާ ތަކެތި:

1  ފަޅި ޗިކަން ބްރެސްޓް 

1 ފިޔާ (ބޮޑު/ ކޮށާފަ)

2 ޖޯޑް ހަނޑޫ (ރޭގަނޑު ފެނުއަޅާފަ ބަހައްޓާ)

1 ސަމުސާ އިނގުރު ލޮނުމެދު ޕޭސްޓް

6 ހިކިމިރުސް

1 ޖޯޑް ކާށި ހުނި

1 ގިތެޔޮމިރުސް (ކޮށާފަ)

2 ސައިސަމުސާ ލޮނުމިރުސް ޕޭސްޓް

1 ކިއުބް މެގީ

3 ހިކަނދިފަތް

2 ސައިސަމުސާ ރީނދޫ (ނޫނީ ކުލަ ހުންނަ ވަރަށް)

1 ލުނބޯ

ލޮނުކޮޅެއް ރަހަލާ ވަރަށް

ތައްޔާރުކުރާނެގޮތް:

ތެއްޔަކަށް ދެ ޖޯޑު ފެން އަޅާފަ އުނދުންމަށްޗައް އުދާލާފަ ފެންކޮޅު ކެކެން ފެށުމުން ކުކުޅުކޮޅު ފެންތެރެއަށް އަޅާލާފަ ރޯފިލަންދެން ކައްކާލާށެވެ. މަސްކޮޅު ރޯފިލުމުން ފެނުން ނަގާ ވިނުވާލާފަ ވަކިން ބަހައްޓާލާށެވެ. 

ރޭގަނޑު ފެނުއަޅާފަ ހުރި ހަނޑުކޮޅު ފެންއަޅައިގެން ރަނގަޅަށް ދޮވެލާފަ ތައްޓަކަށް ނަގާލާށެވެ.

އެއަށްފަހު މިކްޗަރ އަށް ހަނޑޫ ކޮޅު އަޅައިގެން ރާޅުކޮށް ހުންނާނެ ހެން ފުނޑާލާށެވެ. ދެން ހަމަ އެހަނޑޫކޮޅާ ފިޔާ، ހިކަނދިފަތް، ގިތެޔޮމިރުސް، ހިކިމިރުސް އަދި މެގީ ކިއުބް އަޅާލާ އޮލަކޮން ގިރޭވަރަށް ފެން ކޮޅެއް އަޅާ މިކްޗަރ ކޮށްލާށެވެ. މިކްސްޗަރ ކުރާއިރު ހަނޑޫކޮޅު ހިމުންނުވާނެ ވަރަށް މިކްސްޗަރ ޖައްސާލާށެވެ.

ދެން އެހެން ތައްޓަކަށް ހަނޑޫމިކްސްޗަރ އަޅާފައި، މުގުރާލި ހަނޑުމިކްސްޗަރ އަށް ރީނދޫ، އިނގުރު ލޮނުމެދު ޕޭސްޓް، ހުނި، ލޮނުމިރުސް، ލުނބޯހުތް ލޮނު ކޮޅެއް ލައިގެން ކުރިން ރޯފިލުވި ކުކުޅު މަސްކޮޅު އަޅާ ހުރިހާ އެއްޗެއް އެއްކޮއްލާށެވެ.

އެއަށްފަހު ތަވައެއް އުދާ އެއަށް ހޫނުވުމުން ތަވާއަށް ކުޑަތެޔޮކޮޅެއް އަޅާ ދެންމެ އެއްކޮށްލި އެތިކޮޅު ތަވައަށް އަޅާ އުނދުނުގެ ގިނި މަޑުކޮށް ބަހައްޓައިގެން ދެފުށް ރަނގަޅަށް ފިހެލާށެވެ.

މިހާރު މިހުރީ ކުކުޅު ކުޅި ބޯކިބާ ހަދާ ނިމިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް