
ރައީސް މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލާ ރައްޔިތުން ދުރުކުރުމުގެ މަސައްކަތް ފެށީ ވަރަށް މާތް މަގުސަދެއްގައިކަމަށެވެ. އެގޮތުން އެކަން ކުރީ މީހުންގެ ދިރިއުޅުމަށް އުނދަގޫކުރަން ނޫނީ އަތުން ބޯޑު ހޭދައެއް ކުރުވަން ނޫންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސިނގިރޭޓް އަގުބޮޑުކޮށް ވޭފް މަނާނުކުރުމަށް އެޅި ފިޔަވަޅާއި އެކު ދެން އަޅާނެ ފިޔަވަޅަކީ 'ޖެނެރޭޝަން ބޭން'އެއް ތައާރަފުކުރެއްވުންކަމަށެވެ. މިކަމުގައި ބޭނުމަކީ އަލަށް ދުންފަތުގެ އިސްތުއުމާލުކުރުމުގެ ތެރެއަށް ވަންނަ ކުދިން އެކަމުން ސަލާމަތް ކުރުންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެ ފިޔަވަޅާއި އެކު 18 އަހަރު ވެގެން ދުންފަތުގެ ތެރެއަށް ވަންނަ ކުދިން އެކަމުން ދުރުކޮށްދީ އެކދިން އެކަމުން ދުރުގައި ތިބެން ބާރު އެޅޭބެ ގޮތްތަކެއް ފަހިވެގެންދާނެކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ވޭޕް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އަދި ސިނގިރޭޓުން ނަގާ ޑިއުޓީ ސަަރުކާރުން ވަނީ ބޮޑުކޮށްފައެވެ. މީގެއިތުރުން ރާއްޖޭގައި ސިނގިރޭޓް ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރުކަމަށްވެސް ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ.