
ފުލުހުން ބުނީ ވީއައިއޭގެ ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު ބޭރުކުރަން އުޅުނުކަމުގެ ތުހުމަތުގައި އިތުރަށް ހައްޔަރުކުރީ ނ. ވެލިދޫ ގަސްކަރަ އުމުރުން 23 އަހަރުގެ މުހައްމަދު އައިހަމް ކަމަށެވެ. އެނގިފައިވާ ގޮތުގައި މި މީހަކީ ސިފައިންގޭގައި ވަޒީފާ އަދާކުރާ މީހެކެވެ.
އޭނާ ހައްޔަރުކުރީ އިއްޔެ ވަގުތެެއްގައި ކަމަށާއި އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުނެއެވެ. މީނާގެ ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާދީފައިކަމަށްވެސް ފުލުހުން ބުނެއެވެ.
މިދިޔަ ހުކުރު ދުވަހު ހަވީރު 3:55 ހާއިރު ވީއައިއޭގެ ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީގެ ކުރިން ވަނީ ފުލުހަކާއި އެކު އިތުރު މީހަކު ހައްޔަރުކޮށްފައެވެ.
ކުރިން ބަންދުކުރި މީހުން
މ. ސިލްވަނެސްޓް، އުމުރުން 46 އަހަރުގެ އަހުމަދު އަފްޒަލް
ދަފްތަރު ނަމްބަރު ރސ. 14358، އުމުރުން 38 އަހަރުގެ ޔޫސުފް ނަޒީރު ( އެއާޕޯޓުގައި ޑިއުޓީ ކުރާ ފުލުހެއް)
މި ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން ދެމީހުންވެސް ކޯޓުން ވަނީ ދޫކޮށްލާފައެވެ.