ads
އެމެރިކާގައި ހުރި ރޮކްޕޯޓުގެ ފިހާރައެއް
އެމެރިކާގެ މަޝްހޫރު ފައިވާން ބްރޭންޑް 'ރޮކްޕޯޓް' ރާއްޖެއަށް ތައާރަފުކުރަނީ
ބްރޭންޑްމަން ރީޓެއިލްއިން އެމެރިކާގެ މަޝްހޫރު ފައިވާން ބްރޭންޑް ރޮކްޕޯޓް ރާއްޖެއަށް ތައާރަފުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގެ ދަށުން ރޮކްޕޯޓްގެ ޕްރީމިއަމް ފައިވާން ރާއްޖެއާއި، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލްގައި ވިއްކަން ފެށޭނެއެވެ. މިއީ ރޮކްޕޯޓް ބްރޭންޑް ދެކުނު އޭޝިއާގެ މާކެޓަށް ކުރާ ފުރަތަމަ ތައާރަފެވެ.

ބްރޭންޑްމަން ރީޓެއިލްގެ ބިޒްނަސް ޑިވެލޮޕްމަންޓް ހެޑް ކަޝިކާ ނޫސް ބަޔާނެއްގައި ބުނީ، ދެކުނު އޭޝިއާގެ މާކެޓަށް ބައިނަލްއަގުވާމީ ބްރޭންޑްތައް ތައާރަފުކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ރޮކްޕޯޓްގެ ފައިވާންތަކަކީ ފެންވަރު ރަނގަޅު، ރީތި އަދި ފަސޭހަ ފައިވާންތަކެއް ކަމަށާއި، މި ސަރަހައްދުގައި ފެންވަރު ރަނގަޅު ފައިވާނަށް އޮތް ޑިމާންޑް ފުރިހަމަކުރުމަށް މި ބްރޭންޑް ވަރަށް މުހިންމު ކަމަށް އޭނާ ބުނިއެވެ.

ރޮކްޕޯޓްގެ ފައިވާންތައް އިންޑިއާގައި ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ 2025 ގެ މާރިޗު މަހުގައެވެ. އިންޑިއާގައި ފްލިޕްކާޓް، ޓާޓާ ކްލިކް ފެޝަން، ޓާޓާ ކްލިކް ލަގްޒަރީ، ނައިކާ ފެޝަން، ނައިކާ މެން، މައިންޓްރާ އަދި ބްރޭންޑްމަން ރީޓެއިލްގެ ވެބްސައިޓް މެދުވެރިކޮށް ރޮކްޕޯޓްގެ ފައިވާންތައް ވިއްކަން ފެށޭނެއެވެ. މި ބްރޭންޑްގެ ފައިވާންތަކުގެ ތެރޭގައި ރަސްމީ ފައިވާން، ކެޒުއަލް ފައިވާން އަދި ސްނީކާސް ހިމެނެއެވެ.

ބްރޭންޑްމަން ރީޓެއިލްއިން މީގެ ކުރިން ނިއު ބެލެންސް ފަދަ ބައިނަލްއަގުވާމީ ބްރޭންޑްތައް އިންޑިއާގައި ތައާރަފުކޮށްފައިވެއެވެ. މިހާރު އިންޑިއާގައި ނިއު ބެލެންސްގެ 11 ފިހާރަ އަދި ސްނީކާޒްގެ 2 ފިހާރަ ހިންގަމުންދެއެވެ. 1971 ގައި އުފެދުނު ރޮކްޕޯޓް ބްރޭންޑަކީ ސްޕޯޓްސް ފައިވާން އަދި ބޫޓުގެ ޓެކްނޮލޮޖީ ރަސްމީ އަދި ކެޒުއަލް ފައިވާނަށް ތައާރަފުކުރުމަށް މަޝްހޫރު ބްރޭންޑެކެވެ. ބްރޭންޑްމަން ރީޓެއިލްއިން ދެކުނު އޭޝިއާގެ ފައިވާނުގެ މާކެޓުން 4 އިން 5 ޕަސަންޓު ހިއްސާ ހޯދުމަށް އަމާޒު ކުރަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް