ads
ފޮޓޯ: ހައުސިން މިނިސްޓްރީ
ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި 550 އަށްވުރެ ގިނަ މަޝްރޫއު ފަށަނީ
މި މަހާއި އަންނަ މަހުގެ ތެރޭގައި 550 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ފެއްޓޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ގާތުން މައުލޫމާތުތައް ހިއްސާކުރެއްވުމަށް ފައްޓަވާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ، ހުއްޓިފައި ހުރި މަޝްރޫއުތަކާއި އަލަށް ފަށައި މަޝްރޫއުތަކާ އެކު މި މަހާއި އަންނަ މަހުގެ ތެރޭގައި 550 އަށްވުރެ ގިނަ މަޝްރޫއުގެ ފެށޭނެ ކަމަށެވެ.

"މި ބަންދުތެރޭގައި ވެސް ފަހު 10 ގެ ތެރޭގައި ވެސް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. ދެން އެ ކަންކަން އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ދެން އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ،. ވަރަށް ބާރަށް ރަށްރަށުގެ މަސައްކަތްތައް ވެސް ހިނގަމުންދާނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންނަށް ފެންނާނީ އިގުތިސާދު މެނޭޖު ކުރަމުން އަދި އެ މީހުން ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދޭ ތަން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ފަހުން މި ސަރުކާރުގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަން ސަރުކާރު ކުންފުނިތަކަކާ އެކު ވަނީ ސޮއިކޮށްފައެވެ. އެ ގޮތުން، ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއި ފެނަކަ އަދި އެމްޓީސީސީއަށް ގިނަ މަޝްރޫއުތަކެއް ވަނީ ހަވާލުކޮށްފައެވެ.

މިދިޔަ އަހަރާ އަޅައިބަލާއިރު މަޝްރޫއުތަކަށް ކުރި ހޭދަ ވެސް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ބޮޑު އަދަދެއްގެ ދަރަނި ވެސް ނުދައްކާ އެބައޮތެވެ. އެ ފައިސާ ރޯދައިގެ ކުރިން ދައްކާ ނިންމާނެ ކަމަށް ކުރިން ރައީސް ވިދާޅުވި އެވެ.

ރައީސް މިފަހުން ވިދާޅުވީ މިއަހަރާ އަންނަ އަހަރު ވެގެންދާނީ ރާއްޖޭގައި ތަަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެށިގެން ކުރިއަށްދާނެ ދެ އަހަރަށް ކަމަށެވެ. އެކަމަށް މިއަހަރުގެ ބަޖެޓުގައިވެސް ބޮޑު ބައެއް ވަނި ހާއްސަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް