ads
ރައީސް ޑރ. މުއިއްޒު
މަތީ ތައުލީމަށް ދޫކުރާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ ލޯނުތަކަކަށް ހަދަނީ
މަތީ ތައުލީމަށް ދޫކުރާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ ލޯންތަކަކަށް ހެއްދެވުމަށް ރައީސް ޑރ.މުހައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
Advertisement

ރައީސް މިކަން ހާމަ ކުރެއްވީ ދެންމެ "އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

ރާއްޖެއާ ރާއްޖޭން ބޭރުން ތައުލީމާ ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނު ޝަރީއާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ އެއް އިންސައްތަ އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރެއްވުމަށްވެސް ރައީސްވަނީ ނިންމަވާފަ އެވެ. 

އަދި، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުމަށްވެސްވަނީ ނިންމަވާފަ އެވެ. މީގެއިތުރުން ކުރިން ލޯނު ނަގާފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިންވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖެސްޓްކުރެއްވުމަށްވެސް ރައީސް ވަނީ އަންގާވަފަ އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން ދޫކުރާ ލޯނުގެ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި މީގެ ކުރިން ނަގަމުން ދިޔައީ ފަސް ޕަސެންޓެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އަދަދު ތިން ޕަސެންޓަށް އަދި ފަހުން އެއް ޕަސެންޓަށް ދަށްކުރީ އެވެ.

ސަރުކާރުން އަންނަނީ މަތީ ތައުލީމަށް ކޮންމެ އަހަރަކު ވެސް ބޮޑު އަދަދެއް ލޯނުގެ ގޮތުގައި ދޫކުރަމުންނެވެ. މިދިޔަ އަހަރު ވެސް 500 ދަރިވަރުންނަށް އެ ފުރުސަތު ދިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް