އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ މި އަހަރު ފިތުރު ޒަކާތް ބަހާނީ ފަގީރުންގެ ދަފްތަރުގައި ތިބި އެންމެންނަށް އެއް ހަމައަކުން ކަމަށާއި އެ ބަދަލަކީ ޒަކާތުގެ މަގުސަދުގައި ހިމެނޭ އިޖުތިމާއީ އަދާލަތު ގާއިމުކުރަން ގެނެވުނު ބަދަލެއް ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 12.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެ ފައިސާ ބަހާނީ އަލަށް ގެނެވުނު ބަދަލާ އެކު ފަގީރުންގެ ދަފްތަރުގައި ތިބި އެންމެންނަށް އެއްހަމައަކުންނެވެ. ފަގީރުންގެ ދަފްތަރުގައި މި ވަގުތު ރަޖިސްޓްރީވެފައި ތިބި މީހުންގެ އަދަދެއް ސާފެއް ނުވެ އެވެ. އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ބުނީ އެ ލިސްޓުގައި 5،023 މީހުން އެބަތިބި ކަމަށެވެ.
މިއަހަރު ފިތުރު ޒަކާތަށް މިހާތަނަށް 12.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;