
ބޭނުންވާ ތަކެތި:
6 އަލުވި (ކައްކާފަހުރި)
1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފަ)
1 ބޮޑު ފިޔާ (ކުދިކޮށް ކޮށާފަ)
1 މަސްދަޅު (ތެޔޮ)
2 ލޮނުމެދު (ޕޭސްޓް)
½ ޖޯޑް ފާރޮށި ކުނޑީ
ހިކަނދިފަތް (ކުދިކޮށް ކޮށާފަ)
5 ބިސް
2 މޭޒުމަތީ ސަމުސާ ތެޔޮ
½ ސައިސަމުސާ އަސޭމިރުސް
ލޮނު (ރަހަލާ ވަރަށް)
ތައްޔާރުކުރާނެގޮތް:
ތަވާ އުނދުން މައްޗަށް އުދާލާފަ ތެޔޮ ކޮޅު އަޅާ ތަވައަށް ހޫނުވީމަ ފިޔާ، ހިކަނދިފަތް، ލޮނުމެދު އަދި ގިތެޔޮމިރުސް ކޮޅު އަޅާ މޯޅިވީމަ ނޫނި ރަން މުށި ކުލައެއް އެރުމުން އުނދުން މަތިން ބާލާފަ ފިޔާކޮޅު ހިހޫ ކޮށްލާށެވެ.
ދެންމެ ބޭލި ފިޔާކޮޅު އަޅައިގެން މަޑުކޮށްފަހުރި އަލުވި ކޮޅާ، މަސްދަޅު، އަސޭމިރުސް އަދި ލޮނުކޮޅެއް އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. އަދި ދެންމެ މޮޑެލި މަސްކޮޅު ތެރެއަށް ބިސްތަށްވެސް އަޅައިގެން އަނެއްކާވެސް މޮޑެލާށެވެ.
އެއަށްފަހު ތަވައެއް އުދާ، ކުޑަ ތެޔޮކޮޅެއް އަޅާ ހޫނުކޮށްލާފައި އެއަށް ދެންމެ މޮޑެލި މަސްގަނޑު އަޅާފަ އޭގެ މައްޗަށް ފާރޮށި ކުނޑިކޮޅު ބުރުވާލާފަ އުނދުން މަޑުގިނީގަ ބަހައްޓައިގެން ދެ ފުށް ރަނގަޅަށް ފިހެލާށެވެ.
މިހާރު މިހުރީ ކަޓްލަސް ބޯކިބާ ހަދާ ނިމިފައެވެ.