ads
ބެންކޮކުގެ ބައެއް އިމާރާތްތައް ވެއްޓި, އެ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވާ ކަމަށް ވެސް އަލްޖަޒީރާއިން ރިޕޯޓް ކުރޭ
މިޔަންމާ އަދި ބެންކޮކަށް ބާރުގަދަ ބިންހެލުމެއް
ތައިލޭންޑްގެ ވެރިރަށް ބެންކޮކަށާއި އެ ގައުމާ އަވައްޓެރި މިޔަންމާއަށް ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
Advertisement

މިޔަންމާގެ މެދުތެރެއަށް ބާރުގަދަ ބިންހެލުމުގައި، ވެރިރަށް ނޭޕިޑޯގެ މަގުތައް ހަލާކުވެ، އިމާރާތްތަކަށް ގެއްލުންވެފައި ވާއިރު އެތައް ބަޔަކު ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ. މީހުން މަރުވި ކަމެއް އަދި އެއީ ކިހާ އަދަދެއް ކަމެއް އަދި ކަށަަވަރެއް ނުވެ އެވެ. 

ޔޫއެސްޖީއެސްއިން ބުނީ ފުރަތަމަ ބިންހެލުން އައިސްފައިވަނީ މިއަދު މެންދުރު 12:50 ހާއިރު ސަގައިން ސިޓީގެ ހުޅަނގު އުތުރުން 16 ކިލޯމީޓަރު ދުރުން 10 ކިލޯމީޓަރު އަޑިއަށް ކަމަށެވެ.

މި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ބެންކޮކުގެ މެދުތެރޭގެ އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ސަރަހައްދެކެވެ. ލޮޅުންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ތައިލެންޑުގެ އުތުރުގައި އޮތް ފަތުރުވެރިންގެ މެދުގައި މަޤުބޫލު ޗިއަންގ މާއީއަށެވެ. ބެންގކޮކުގެ ޗަތޫޗާކް ސަރަޙައްދުގައި ހުރި އިމާރާތެއް ވެއްޓި، އެ އިމާރާތުގެ ދަށުގައި ބަޔަކު ތާށިވި ކަމުގައި ވެސް ތައިލެންޑުން ރިޕޯޓު ކުރިއެވެ. 

މި ބިންހެލުމުގައި މީހަކު މަރުވި ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައި ނުވާއިރު، ބެންކޮކްގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

ޗައިނާގެ ހުޅަނގު ދެކުނު ޔުނާން ޕްރޮވިންސަށް ވެސް ބިންހެލުމުގެ އިހްސާސް ކުރެވިފައިވާ ކަމަށް، ބިންހެލުން ދިރާސާކުރާ ބެއިޖިންގެ އޭޖެންސީން ބުނެފައިވެ އެވެ. އެ އިދާރާއިން ބުނީ ބިންހެލުމުގެ ބާރުމިން ހުރީ 7.9 މެގްނިޓިއުޑްގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް