ads
ބިންހެލުމުގައި އެއްވެސް ދިވެސަަކަށް ގެއްލުމެއް ނުވޭ: ފުވާދު
ގިނަ އަދަދަކަށް ދިވެހީން ޒިޔާރަތްކުރާ ތައިލެންޑްގެ ވެރިރަށް ބެންކޮކަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު މެންދުރުގެ ވަގުތެއްގައި މިޔަންމާއަށް 7.7 މެގްނިޓިއުޑާއި 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، މި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިޔަންމާއާއި ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ސަފީރު ފުއާދު ވިދާޅުވީ ބެންކޮކުގައި ގާތްގަނޑަކަށް 150 އެއްހައި ދިވެހިން އުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެމްބަސީން އެ ގައުމުގައި އުޅޭ ހުރިހާ ދިވެހީންނާ ގުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

"އަދި އެއްވެސް ދިވެއްސެއްގެ ފަރާތުން އެއްވެސް އަނިޔާއެއް ލިބުނު ވާހަކައެއް ނޫނިއްޔާ އެހެން ވެސް އެ ކަހަލަ ހިތާމަވެރި ވާހަކައެއް ނުލިބޭ،" ފުއާދު ވިދާޅުވި އެވެ.

ބިންހެލުން އައުމާ ގުޅިގެން ބެންކޮކުގެ ގިނަ ރައްޔިތުން މަގުމަތީގައި ތިބި ކަމަށާއި، އިމާރާތްތައް ބަލައި ފާސްކުރުމަށް ފަހު ބައެއް އިމާރާތްތަކަށް ވަނުމުގެ ހުއްދަ މަޑުމަޑުން ދެމުން އަންނަ ކަމަށް ސަފީރު ފުއާދު ވިދާޅުވިއެވެ. ބެންކޮކުގެ ބައެއް އިމާރާތްތައް ވެއްޓި، އެ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ތައިލެންޑް ސަރުކާރުން މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ކަމަށާއި، ދިވެއްސަކަށް އަނިޔާއެއް ވެގެން ރިޕޯޓުކޮށްފި ހާލަތެއްގައި ވަގުތުން އެޓެންޑްވެވޭނެ ކަމަށް ސަފީރު ފުއާދު ވިދާޅުވި އެވެ. މި ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް