ads
ރައީސް މައުމޫން
ހަނދާއި ގުޅޭ ކޯޅުން، މައުމޫން ވިދާޅުވީ ހަނދު ލޮލަށް ފެންނަން ނުޖެހޭނެކަމަށް
ހިޖުރި މަހެއް ފެށުމަށްޓަކައި ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
Advertisement

ފަލަކީ އިލްމުވެރިޔާ އަދި ހަނދު ބެލުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ކުރީގެ ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ މިއަހަރުގެ ފިތުރު އީދު ދުވަސް ވާނެކަމަށް އެމަނިކުފާނު ވިދާޅުވިލިޔުއްވި ލިޔުއްވުމަކަށް ރައްދުދެއްވާ ހިސާބު އިލްމުގެ ވެރިޔާ އަދި ގިނަ ދިރާސާތަކެއް ކުރައްވާފައިވާ ޑރ. ހަސަން ހަމީދު ލިޔުވުމެއް ލިޔުއްވާފައި ވަނިކޮށެވެ. 

މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޖުރީމަހެއް  ފެށުމަކަށް  އާ  މަހުގެ  ހަނދު  ހަމަލޮލަށް ފެނުން  ލާޒިމެއް  ނޫންކަމަށެވެ.  އިރު  އޮއްސުމަށްފަހު  ކިތަންމެ  ކުޑަ  ހިނދުކޮޅަކަށް  ނަމަވެސް ހަނދު  ނޯއްސި ހުރިކަން  ހިސާބުން  ސާބިތުވާނަމަ  އާމަހެއް  ފެށުނީކަމަށް މައުމޫން ވިދާޅުވިއެވެ. 

ރައީސް މައުމޫން މިދިޔަ އަންގާރަ ދުވަހު ލިޔުއްވި ލިޔުވުމެއްގައި ވިދާޅުވީ މިއަހަރުގެ ފިތުރު އީދު ވާނީ އަންނަ އާދިއްތަ ދުވަހަށްކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ ސައުދީ އަރަބިއްޔާ، މިސްރު، ތުރުކީ އަދި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މި މަހުގެ 29 ވަނަ ދުވަހު އިރުއޮއްސުމަށް ފަހު ހަނދު ނުއޮއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީކަމަށެވެ. އަދި އިސްލާމީ ގައުމަކަށް ހަނދު ފެނުމުން ރާއްޖޭގައި އަމަކުރާ އުސޫލަށް ބަލާއިރު އީދު އާދިއްތައަށް ވާނެކަމަށް މައުމޫން ވިދާޅުވިއެވެ. މައުމޫން އެ ވިދާޅުވާ އުސޫލަކީ އިސްލާމީ ގައުމަކަށް ހަނދު ފެނުމުން ރާއްޖެވެސް އެއަށް ތަބާވާން އެމަނިކުފާނުގެ ވެރިކަމުގައި ނިންމަވާފައި ނިންމެވުމެވެ.   

މި ވާހަކަތަކަށް ރައްދުދެއްވާ ޖެހިގެން އައި ދުވަހު ޑރ. ހަސަން ހަމީދު ލިޔުއްވި ލިޔުވުމެއްގައި ވިދާޅުވީ އެރޭ ފެންނަނީ ވަރަށް ޅަ ހަނދެއްކަމަށާއި އެހާ ޅަ ހަނދެއް، މައްކާގެ އުޑުމަތި ކިތަންމެ ސާފު ވިއަސް ނުފެންނާނެކަމަށެވެ. އެހެންކަމުން އީދު ވާނީ އަންނަ ހޯމަ ދުވަހަށްކަމަށެވެ.  

ހަސަން ވިދާޅުވީ އިސްލާމީ ގައުމަކަށް ހަނދު ފެނުމުން އެއަށް ތަބާވެ ދުވަސް ކަޑައަޅަން ފެށީވެސް މައުމޫންގެ ވެރިކަމުގައިކަމަށެވެ. އެހެންނަމަވެސް އޭގެ ކުރިން އިސްލާމީ ދުނިޔޭގައިވެސް 1300 ވަރަކަށް އަހަރު ވަންދެން ހަނދު ލައްވަނީ އެ ޤައުމަކަށް ހަނދު ފެނުމުންކަމަށް ހަސަން ވިދާޅުވިއެވެ. އަދި މިކަމުގައި ދީނީ އިލްމުވެރިންގެ ބަސްވެސް ހަސަން ވަނީ އޭނާގެ ލިޔުމުގައި ހިމަނުއްވާފައެވެ.  

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް