ads
ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ ހާލިދު ދިވެހިންނާއި އެކު ޖޯލީގައި
ހާލިދު ދިވެހިންނާއި އެކު ރޯދަވިއްލާ ދުފާލައި ހޮޅުއަށީގައި
ފޭސްބުކާއި އިންސްޓަގްރާމްގައިގައި މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރު އަދި "ޑިޖިޓަލް ސްޓޯރިޓޭލާ" ހާލިދު އަލް އަމެރީއާ ރާއްޖެ އިސްތިހާރުކުރަން ރާއްޖެއަށް އައީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
Advertisement

ރާއްޖެއަށް އޭނާ އެކްސްކްލޫސިވް ފެމިލިއަލައިޒޭޝަން ދަތުރެއް ކުރުމުގެ ފުރުސަތު ދިނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ންނެވެ. މި ދަތުރުގެ ބޭނުމަކީ މެދުއިރުމައްޗަށް ރާއްޖެ އިސްތިހާރުކޮށް ރާއްޖެއަކީ އެންމެ ދާން ރަނގަޅު މަންޒިލުގެ ގޮތުގައި އިޝްތިހާރުކޮށް، ދިވެހި ސަގާފަތް ދައްކާލުންކަމަށް އެމްއެމްޕީއާރުސީ ވަނީ ބުނެފައެވެ. 

ހަފްތާއެއްގެ ދަތުރުން ހާލިދު މިވަނީ ރާއްޖޭގެ ރީތިކަމާއި ސަގާފަތާއި އާދަކާދަތައް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ފޮލޯކުރާ 21 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ދައްކާލާފައެވެ. 

your imageސޯޝަލް މީޑިއާގައި ނުފޫޒު ގަދަ ހާލިދު ދިވެހިންނާއި އެކު ޖޯލީގައި

ހާލިދުގެ ދަތުރުގެ ބައެއް މަންޒަރުތައް ހިއްސާކޮށްލަމުން އޭނާ ބުނީ ތަޖުރިބާ ކުރީ އާދައިގެ ދިވެހިންގެ ދިރިއުޅުންކަމަށެވެ. ހާލިދު އެނާގެ އެފްބީގައި މާ ގިނަ ވާހަކަތަކަށް ދެއްކުމެއް ނެތި ހިއްސާ ކުރި ފޮޓޯގެ ކެޕްޝަންގައި ބުނީ އެންމެ ވާހަކައެކެވެ. 

" ރިސޯޓްތަކާއި ރީލްތަކުގެ ބޭރުން... އަޅުގަނޑަށް ފެނުނީ ހަގީގީ ދިވެހިރާއްޖެ، އަލްހަމްދުލިالله " ރާއްޖޭގެ ހިތްގައުމު ފޮޓޯތަކާއި އެކު ހާލިދު އެފްބީގައި ކުރި ޕޯސްޓްގެ ކެޕްޝަންގައި ލިޔެފައިވެެއެވެ.

އަސްލު ރާއްޖޭގެ ހަގީގީ ވާހަކަތައް ބަލާލަން ފުރުސަތު ދިނުމަށް ހާލިދު ވަނީ ވިޒިޓް މޯލްޑިވްސްއަށް ޝުކުރު އަދާކޮށްފައެވެ. 

your imageހާލިދު ދިވެހި އާއިލާއަކާއެކު

ހާލިދު އެފްބީއަށް ދޫކޮށްްލި މަންޒަރުތަކުގައި ހަލަބޮލި ވެރިރަށް މާލޭގެ އިތުރުން ރަށްފުށުގެ ދިރިއުޅުމުގެ ތެރެއިން ދިވެހިންގެ ޒަމާންވީ ސަގާފަތުގެ ކަންކަން ވަނީ ތަޖުރިބާކޮށްފައެވެ. އެގޮތުން ރޯދަމަހުގެ ހަވީރުގެ ވަގުތު ހޮޅުއަށީގައި ދިވެހިންނާއި ހީ ސަމާސާކޮށް ރާޒުވާ ކުޅެ ހަދާފައިވެއެވެ. 

your imageހާލިދު ދިވެހިންނާއި އެކު ގެއަކުން ރޯދަ ވިއްލާ ސުފުރާމަތި 

އަދި އެއާއި އެކު ދިވެހިންގެ ސުފުރާމަތިން ރޯދަ ވީއްލާ ދިވެހީންނާއި އެކު ދިވެހިންގެ ދުފާ ތަބަކުން ދުފުމުގައި ޖޯލިފަތީގައި ސަކަރާތް ޖަހާ މަންޒަރުވެސް  ހާލުދު ވަނީ އޭނާގެ ފޮލޯވަރުން ދައްކާލާފައެވެ. 

your imageހާލިދު ސަލްމާން މިސްކިތުގައި ނަމާދުކުރަނީ 

މީގެއިތުރުން ދިވެހިންގެ ރީތި ބިނާތަކާއި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ ސަގާފީ ހެދުންތައްވެސް ހާލިދު ވަނީ ދައްކާލާފައެވެ. އޭގެތެރޭގައި ފޮށާ އަޅާ ފޭއްޔެއް އަނދެގެން އިދެ ކުޅި އެއްގައި ކުޑަ ބޮއްކުރައެއް އޭނާ ދުއްވާ ހިތްގަމު މަންޒަރުވެސް ހިމެނެއެވެ. 

your imageހާލިދު ރާއްޖޭގެ ހިތްގައިމު ކުޅިއެއްގައި ބޮއްކުރާ ދުއްވާލަނީ 

ހާލިދު ރާއްޖޭގައި ހޭދަކުރި ހަފްތާއެއްހާ ދުވަހުން ބައެއް ފޮޓޯތައް ދައްކަލުން މާ ގިނަ ވާހަކައެއް އަދި ދައްކާފައެއް ނެތެވެ. އެހެންކަމުން ބެލެވެނީ އޭނާގެ މި ދަތުރުގެ ތަޖުރިބާތައް ދާދި އަވަހަށް އޭނާގެ އެފްބީއާ އިންސްޓަގްރާމް ރީލްތަކުން ފެންނާނެކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް