ads
ބިސް ކަޓްލަސް
ސީއެންއެމް ބަދިގެ: ބިސް ކަޓްލަސް
"ސީއެންއެމް ބަދިގެ" އިން މިއަދު މި ގެނެސްދެނީ "ބިސް ކަޓްލަސް" ތައްޔާރުކުރާނެ ގޮތެވެ.
Advertisement

ބޭނުންވާ ތަކެތި:

6 އަލުވި (ފެނުކައްކާފަ)

2 ފިޔާ (ބޮޑު) ތުނިކޮށްކޮށާފަ

1 ގިތެޔޮމިރުސް (ކުދިކޮށް ކޮށާފަ)

1 ދަޅު މަސް (ތެޔޮ)

1 ސައިސަމުސާ ލޮނުމެދު ޕޭސްޓް

1 ހިކަނދިފަތް (ކުދިކޮށްކޮށާފަ)

½ ސައި ސަމުސާ އަސޭމިރުސް (މުގުރި ހިމުންކޮށް)

3/1 ލުނބޯ

ލޮނު (ރަހަލާ ވަރަށް)

4 ބިސް (ފެނުކައްކާފަ 4 ފަޅިއަށް ފަޅާފަ)

3 ބިސް (ގޮބަޅި ނަގާފަ)

2 ޖޯޑް ފާރޮށި ކުނޑި

3 ޖޯޑް ތެޔޮ

ތައްޔާރުކުރާނެގޮތް:

ފުރަތަމަ ތަށްޓަކަށް ފިޔާކޮޅާ، ހިކަނދިފަތް، އަސޭމިރުސް. ގިތެޔޮ މިރުސް ކޮޅު އަދި ލުނބޯ ހުތް ކޮޅާ ލޮނުކޮޅު ޖަހައިގެން ރަނގަޅަށް މޮޑެލާށެވެ. އަދި އެއަށް މަސްދަޅު އަޅައި މޮޑެލާފަ އަނެއްކާވެސް ފެނުކެއްކި އަލުވި ކޮޅު ވަކިން ތަށްޓެއްގަ މޮޑެލާފަ އޭގެތެރެއަށް އަޅާލައިގެން ހުރިހާ އެއްޗެއް އެއްކޮށް މޮޑެލާށެވެ.

އެއަށް ފަހު ދެންމެ މޮޑެލި މަސްކޮޅު އެތެރެއަށް ފަޅި ކޮށްލި ބިސްކޮޅުން ފަހަރަކު އެތިކޮޅެއް ލާފަ ކަޓްލަސް އަށް ހަދާލާށެވެ.މިގޮތަށް ހަދާލީމަ އިންނާނީ ހިމަކޮށް ދިގުކޮށް ފަޅިކޮށްލި ބިސްކޮޅު އިންނަ ގޮތަށް އެ ޝޭޕަށް ށެވެ.

ދެން ވަކި ތަށްޓަކަށް އެއްކަލަ ގޮބަޅި ނެގި ބިހުގެ ލޮނދިކޮޅު އަޅާ ފަހަރަކު ކަޓްލަސް އެއް ބިސްލޮންޖަށް ލަމުން ގެންދާށެވެ.

އޭގެ ފަހުން ފާރޮށި ކުނޑި އެހެން ތަށްޓަކަށް އަޅާފަ ބިހުގެ ލޮންޖަށް ލީ ކަޓްލަސްކޮޅު ފާރޮށި ކުނޑިކޮޅަށް ލާށެވެ.

ދެން މިގޮތަށް ހުރިހާ ކަޓްލަސް ހަދާ ނިމުމުން ތާހަކަށް ތެޔޮ އަޅާ އުނދުން ޖައްސާށެވެ.

އަދި ތެޔޮކޮޅު ހޫނުވީމަ ދެންމެ ތައްޔާރުކުރި ކަޓްލަސްކޮޅު ފަހަރަކު 5 އެތި ވަރު ލާފަ އުނދުން ގިނި އެހާ މަޑުނުކޮށް ތެލުލާށެވެ. ގިނި މަޑުކޮށްގެން ތެލުލާނަމަ ކަޓްލަސް ތަށް ތެޔޮގަނޑަށް ފަޅައިގެން ދިޔުމުގެ ޗާންސް ބޮޑުވާނެ އެވެ. މިގޮތަށް ތެލުލާފަ ދެން ތަށްޓަކަށް ކަޓްލަސްތަށް ނަގާށެވެ.

މިހާރު މިހުރީ ބިސްކަޓްލަސް ހަދާ ނިމިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް