ads
ކޮންޓްރޯލާގެ މަގުން ކުއްލިއަކަށް ވަކިކުރި ޝައްމާން
ޝައްމާން ގެއިން، 2 ލައްކައަށްވުރެ ގިނަ ރުފިޔާ 10 ހާސް ޑޮލަރު
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަގާމުން ވަކިކުރި، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދުގެ ގެއިން ދެ ލަެއްކައެއަށޤ ވުރެ ގިނަ ރުފިޔާއާއި އެތައް ހާސް ޑޮލަރެއް ފެނިފައިވާކަަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ފުލުހުން މިހެން ބުނީ ޝައްމާން ހިމެނޭހެން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި މިހާރު ބަލަމުންދާ މައްސަލާގައި އެ އިދާރާއިން ނެރުނު ބަޔާނެއްގައެވެ. 

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ޝައްމާންގެ އިތުރުން 4 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ. 

މި މައްސަލާގައި ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލާގައި ކޯޓެއް އަމުރެއްގެ ދަށުން ކުރީގެ ކޮންޓްރޯލާ ޝައްމާން ވަހީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް 257،475 ރުފިޔާއާއި 10،000 އެމެރިކާ ޑޮލަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި މީގެއިތުރުން އެހެންިހެން ބައެއް ގައުމުތަކުގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތައްވެސް ހޯދާފައިވާކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ. 

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި ގިނަ އަދަދެއްގެ ސީސޓީވީ ފުޓޭޖްތައް އެއްކޮށް ހިން ބަޔަކާއި ސުވާލުކޮށްފައިވާކަމަށެވެ. 

ފުލުހުން ބުނީ ގަވައިދާ ހިލާފަށް ދޫކޮށްލި ބިދޭސީ މީހާ އަތުން ހޯދިކަމަށް ބުނާ ފައިސާ އަޅާފައިވާ ކޮތަޅު މި މައްސަލާގައި ހައްޔަރުކޮށްފައިވާ އިމިގްރޭޝަންގެ މުވައްޒަފަކު ޝައްމާން ވަހީދުގެ ގެއަށް ހިފައިގެން ވަންނަތަން ސީސީޓީވީ ފުޓޭޖް ތަކުން ފެންނަކަމަށެވެ. 

"ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި ގެއަށް ވަންނައިރު ކޮތަޅުގައި ގިނަ އަދަދެއްގެ ފައިސާ ހުރިިއިރު ނުކުންނައިރު ކޮތަޅު މުށުތެެރޭގައި ބޮނޑިކޮށްލާފައި އޮންނަކަން ފާހަގަކުރެވިފައިވޭ." ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.

ތަފްސީލު އަންނަނީ .....

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް