
ސައުދީ ސަރުކާރުން ބުނީ ރޯދަމަހު ދުނިޔޭގެ އެކި ކަންކޮޅުންނާއި އެ ގައުމުގެ ރައްޔިތުން ހިމެނޭހެން އުމްރާ ފުރިހަމަ ކުރި މީހުންނަށް އަރާކަމަށެވެ. މީ މީގެ ކުރީ އަހަރުތަކާއި އަޅާ ބަލާއިރު އެތައް ގުނައެއް އިތުރު އަދަދެއްކަމަށް ސަރުކާރުން ބުނެއެވެ.
ސައުދީގެ ހައްޖު މިނިސްޓްރީން ބުނާ ގޮތުން ރޯދަމަހުގެ އެންމެ ފަހުރޭ (ރޭ) ހަރަމްފުޅަށް ނަމާދަށް އެރި މީހުންގެ އަދަދު 4.1 މިލިއަނަށް އަރައެވެ. އެގޮތުން ރޭގެ އިޝާ އަދި ތަރާވީހް ނަމާދަށް 3.4 މިލިއަނަށްވުރެ ގިނަ މީހުން ހަރަމަށް ދިޔައިރު އޭފެ އިތުރަށް 646،600 އަށްވުރެ ގިނަ މީހުން ރޭ އުމްރާގެ އަޅުކަން އަދާކޮށްފައިވާކަމަށް ސައުދީ ހައްޖުން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މިސްކިތުގައި ގާއިމުކޮށް ފައިވާ އުޅަނދުތަކުގެ ބޭނުން ގާތްގަނޑަކަށް 28،200 މީހުން 42،000 އަށް ވުރެ ގިނަ ފުޅި ޒަމްޒަމް ފެނާއި 702،000 އިފްތާރު ހަދިޔާ ރޭ ބަހާފައިވާކަމަށް ސައުދީން ބުނެއެވެ.