މާލޭ ސިޓީ ކައުންސިލުން ބުނީ މާލެ ސަރަހައްދުގައި މިއަދި ހަވީރު 4-6 އަށް އިންޖީނުލީ އެއްވެސް އުޅަނދެއް ދުއްވުން މަނާވާނެކަަމަށެވެ. އަދި ހަވީރު 4 އިން ރޭގަނޑު 11:30 އަށް ބަރު އުޅަނދު ދުއްވުންވެސް މަނާވާނެކަަމަށް އެ ކައުންސިލުން ބުނެއެވެ.
މި އެންގުމާއި ހިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
މި އަހަރުގެ ފިތުރު އީދު ފާހަގަކުރަން މާލޭގައި ކުޅިވަރު ގިނަ ހަރަކާތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލުން ބާއްވާ ހަރަކާތްތަކުގެ އިތިރުން ފުލުހުންނާއި ސިފައިންނާއި ސަރުކާރު ކުންފުނިތައް ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި މިއަދު އީދު ކުޅިވަރު އޮންނާނެއެވެ.