މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި މި އަހަރު ޒަކާތަށް ފައިސާގެ ގޮތުގައި ޖުމުލަ 13،264،819 ރުފިޔާ ވަނީ ލިބިފައެވެ.
މިއީ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބުނު އަހަރެވެ.
މިދިޔަ ހަތަރު އަހަރު ފިތުރު ޒަކާތުގެ ލިބުނު ފައިސާ
2024 ގައި / 12،594،777.92 ރުފިޔާ
2023 ގައި / 12،691،506.08 ރުފިޔާ
2022 ގައި / 11،669،385.10 ރުފިޔާ
މިއަހަރު ޒަކާތުގެ ގޮތުގައި 10،025.66 ކިލޯގެ ގޮވާން ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެއީ މިދިޔަ އަހަރަށްވުރެ ދަށް އަދަދެކެވެ.
މިދިޔަ ޒަކާތުގެ ގޮތުގައި 12،959.29 ކިލޯ ގޮވާން ވަނި ލިބިފައެވެ. އޭގެ ކުރިން 2023 ވަނަ އަހަރު 12،380.85 ކިލޯ ލިބުންއިރު 2022 ވަނަ އަހަރު ލިބުނީ 10،092 ކިލޯއެވެ.