ads
ސީއެންއެމް ބަދިގެ: ކަނޑު ކުކުޅު
ހުރިހާ ބޭފުޅުންނަށް ވެސް ފިތުރު އީދުގެ ތަހުނިޔާ ކިޔަމެވެ. "ސީއެންއެމް ބަދިގެ" އިން މިއަދު މި ގެނެސްދެނީ "ކަނޑު ކުކުޅު" ތައްޔާރުކުރާނެ ގޮތެވެ.
Advertisement

ބޭނުންވާ ތަކެތި:

ހަވާދު ގަނޑަށް

1 މޭޒުމަތީ ސަމުސާ ދިރި

1 މޭޒުމަތީ ސަމުސާ ކޮތަންބިރި

1 މޭޒުމަތީ ސަމުސާ ދަވިއްގަނދު

1 މޭޒުމަތީ ސަމުސާ އަސޭމިރުސް

½ ސަމުސާ ރީނދޫ

ލޮނުކޮޅެއް 

1 ޖޯޑް ކާށި ހުނި 

3 ލޮނުމެދު

1 ފިޔާ

1 އިންޗި އިނގުރު

1 ހިކަނދިފަތް

1 ގިތެޔޮމިރުސް

ކުޑަ ފޮނިތޮށިކޮޅެއް

3 ކާފުރުތޮޅި

1 ސަމުސާ ކުކުޅު ހަވާދު (ޕެކެޓް ހަވާދު)

1 ސަމުސާ މުސައްމާ ހަވާދު (ޕެކެޓް ހަވާދު)

ފިޔާ ކޮޅު ރަތްކުރަން އަދި ރިހަކައްކަން:

2 ފިޔާ (ބޮޑު / ތުނިކޮށް ކޮށާފަ)

1 ހިކަނދިފަތް

1 ރާނބާފަތް (ބުރިބުރިކޮށްފަ)

ކުޑަ ފޮނިތޮށި ކޮޅެއް (1 އިންޗި ހުންނަވަރު/ ބުރިބުރި ކޮށްފަ)

2 ކާފުރުތޮޅި

1 މަސްކިބަ (ތުނިކޮށް ޅިޔަ ހުންނަ ހެން ބުރިކޮށްފަ އެތެރޭގަ ހަވާދުކޮޅު އުނގުޅާ ގޮތަށް)

1 ރާނބާފަތް (ހިމަކޮށް ކޮށާފަ /މަސް ބަންނަށް)

1 ޖޯޑް ކާށި ކިރު (ބޯކިރު)

1 ޖޯޑް ކާށިކިރު (ދިޔާކޮށް)

2 ސަމުސާ ތެޔޮ

ތައްޔާރުކުރާނެގޮތް:

ފުރަތަމަ މިކްސްޗަރަށް ހަވާދު ގަނޑު ތައްޔާރުކޮށްލަން މަތީގަ ބުނެލާފަހުރި ހުރިހާ އެއްޗެއް އަޅައިގެން ހިމުން ކޮށް ފުނޑާލާށެވެ.ދެން ތަށްޓަކަށް ދެންމެ ފުނޑި ހަވާދުކޮޅު ނަގާށެވެ.

އެއަށްފަހު އެހެން ތަށްޓަކަށް ޅިޔަހުންނަހެން ބުރިކޮށްފަ ހުރި މަސް ފޮތިތަށް ފަހަރަކު މަސްކޮޅެއް ނަގާ ދެންމެ ފުނޑާފަ ނެގި ހަވާދުކޮޅުން ހަވާދު ރަނގަޅަށް މަސްފޮތިތަކުގަ އުނގުޅާފަ ހިމަކޮށް ނަގާފަހުރި ރާނބާ ފަތްކޮޅު ކޮންމެ މަސްކޮޅެއް ވަކިން ބަނދެފަ، ހުރިހާ މަސްކޮޅުތަށް ހަވާދުލައި ބަނދެލާ ނިމުނީމަ ވަކިންތަށްޓަކަށް އަޅާފަ މަތިޖަހާފަ ބަހައްޓާށެވެ

އެއަށް ފަހު ތެއްޔަކަށް ތެޔޮކޮޅު އަޅާ ތުނިކޮށް ކޮށާފަހުރި ފިޔާކޮޅާ، ރާނބާފަތް، ހިކަނދިފަތް، ކާފުރުތޮޅި އަދި ފޮނިތޮށިކޮޅު އަޅާ މަޑުގިނީގަ ފިޔާކޮޅު ރަށްމުށި ކުލައެއް އަރަންދެން ދޭފަތުން ހަލުވާލާށެވެ. އެއަށްފަހު އެ ފިޔާކޮޅުން އެއްބައިނަގާ ކުރިން ބުނި ބޯކިރު ކޮޅުގެ ތެރެއަށް އަޅާފަ ބަހައްޓާށެވެ.

ދެން މަސްތަކުގަ ހާކާފަ ބާކީ ހުރި ހަވާދުކޮޅު ދެންމެ މި ވަޅޯކޮށްލި ފިޔާކޮޅު ތެރޭގަ ދިޔާކޮށް ނެގި ކާށިކިރު ކޮޅާއެކު ގިރާލާފަ މަޑުގިނީގަ ކައްކާލާށެވެ.

ކުޑަކޮށް ކެކެން ފަށާ ހަވާދުކޮޅު އޮލަޖެހެން ފެށުމުން ބަނދެފަހުރި މަސްކޮޅު އޭގެރެއަށް އަޅާ އަނެއްކާވެސް 3 މިނެޓް މަޑުގިނީގަ ކައްކާލުމަށްފަހު އެއަށް ކުރިން ވަޅޯކޮށްލި ފިޔާކޮޅު އަޅާފަ ބެހެއްޓި ބޯކިރު ކޮޅު އަޅާލައިގެން ލޮނު ހެޔޮވަރު ވާ ވަރަށް ލޮނުކޮޅެއް ލައިގެން 10 ވަރަކަށް މިނެޓް މަޑުގިނީގަ ކައްކާލާށެވެ.

އެ ހިސާބުން އުނދުން ނިއްވާލުމުން، ކަނޑު ކުކުޅު ތައްޔާރުކޮށް ނިމުނީއެވެ. އީދު ކަހަލަ އާއިލީ ދުވަހަކަށް ސުފުރާ މަތި ފަޅުފިލުވާލަން މީ ތައްޔާރުކޮށްލަން ވަރަށް މީރު އެއްޗެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް