މި އަހަރު އެކަން ކުރިއަށް ގެންގޮސްފައިވަނީ ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެންނެވެ.
މި އަހަރުގެ އީދު ސައި ބާއްވާފައިވަނީ ރ. މީދޫ، މ. މުލި، ގއ. ގެމަނަފުށި، ހއ. ދިއްދޫ، އދ މަހިބަދޫ، ލ. ފޮނަދޫ، ވ. ކެޔޮދޫ، ހުޅުމީދޫ، ނ. ފޮއްދޫ އަދި ދ. ބަނޑިދޫގަ އެވެ.
ބީއެމްއެލް އިސްލާމިކުން ބުނީ، މި އަހަރު އީދު ސައި ބާއްވާފައިވަނީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން ކަމަށެވެ. މީގެ އިތުރުން ބީއެމްއެލްއިން މިދިޔަ އަހަރު ވެސް ހަ ރަށެއްގައި ޢީދު ސައި ބާއްވާފައިވެ އެވެ.
އީދު ސަޔަކީ ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ވަރަށް ގިނަ ރަށްރަށުގައި މިހާރު ވެސް ޢީދު ދުވަހުގެ ހެނދުނު ނާސްތާ އެންމެންނަށް ހަދައެވެ.