އެމްއެންޑީއެފުން ބުނީ އީދު ހަވީރުގެ ހަރަކާތްތައް މިއަދާއި މާދަމާގެ ހަވީރު 16:00 އިން 18:00 އަށް ޖުމުހޫރީ މައިދާން އަދި އިސްލާމީ މަރުކަޒު މާބްލް ސަރަހައްދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިހަރަކާތްތައް އިއްޔެ ކުރިއަށް ގެންދިޔައީ ސަލްޓަން ޕާކާއި، އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނުގެ އިތުރުން ރަސްމީ ބޮޑު ފާލަން ހިމެނޭ ސަރަހައްދުގަ އެވެ. މި ހަރަކާތްތައް މިއަދާއި މާދަމާވެސް އޮންނާނީ މި ސަރަހައްދުގަ އެވެ.
އީދާ ގުޅުވައިގެން ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރުގެ ސްޓޯލުތަކުގައި ކުޑަކުދިން ގަޔާވާނެ ކާޓޫނު ކެރެކްޓާތައް ވެސް ވަނީ ހިމަނައިފަ އެވެ.