ads
ފުލުހުން ކްރިމިނަލްކޯޓް ކައިރީ
ހަކުރު ބަލި ހުންނަ މީހަކު 10 ފުޅި ކޮފީ ވަގަށް ނެގުމުން ބަންދުކޮށްފި
ދިހަ ފުޅި ކޮފީ ވަގަށް ނެގި ކުށުގެ ތުހުމަތުގައި ގައްދޫއަށް ނިސްބަތްވާ 43 އަހަރުގެ މީހަކު 7 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
Advertisement

ކޯޓު އަމުރުން އެނގޭ ގޮތުގައި މި މީހާއަކީ ދާއިމީކޮށް ހަކުރު ބައްޔަށް ބޭސްކާ މީހެކެވެ. އަދި ބަންދުކުރި ފަހުން ބޭސް ނުލިބޭ ކަމަށް އޭނާ ބުނެފައިވާކަން ވެސް ކޯޓު އަމުރުން އެނގެއެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ހައްޔަރުކުރުމުގެ އިޖުރާއަތުތަކާ އެއްގޮތަށްކަމަށް އަމުރުގައި ބުނެފައިވެއެވެ. 

މި މީހާގެ ހައްޔަރު ބަންދުގެ 40 ރެކޯޑު އޮތްކަން ވެސް ކޯޓު އަމުރުން ހާމަވެއެވެ. ކޯޓުން އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާގެ ބ ގެ ދަށުން މުޖުތަމައުގެ ސަލާމަތަށްޓަކައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް