ރާއްޖެޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ބޮންޑޭ ވިދާޅުވީ މިހާރުގެ ސަރުކާރުން އާސަންދަ ސްކީމް ވޯޓު ހޯދުމަށް ބޭނުންކުރާ ކެންޕޭން ފަންޑަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އާބާދީއަށްވުރެ ގިނަ މީހުން އާސަންދައިން ހިދުމަތް ހޯދާފައިވާ ކަމަށް ވިދާޅުވެ، މިއީ ވަރަށް ކަންބޮޑުވާންޖެހޭ ބޮޑު މައްސަލައެއް ކަމަށް ފާހަގަކުރިއެވެ.
ބޮންޑޭ އިތުރަށް ވިދާޅުވީ އާސަންދަ ސްކީމަކީ ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ ސްކީމެއް ކަމަށާއި، އެއީ ވަރަށް ބޮޑަށް އިސްރާފުވާ ގޮތަށް އޮތް ސްކީމެއް ކަމަށެވެ. އަދި އާސަންދަ އޮޑިޓް ކޮށްފި ކަމަށްވާނަމަ ގިނަ މައްސަލަތައް ތިލަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމަށާއި، ރައްޔިތުން މި ކަންކަމަށް ފާރަވެރިވާން ޖެހޭ ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.