ads
މޯލްޑިވިއަންގެ ފްލައިޓެއް -- ފޮޓޯ: ރައީސް އޮފީސް
ރޯދަ އަދި އީދު ޗުއްޓީއާ ގުޅިގެން މޯލްޑިވިއަންގެ އިތުރު ދަތުރުތަކެއް ތާވަލްކޮށްފި
ރޯދަ މަހާއި އީދު ޗުއްޓީ ނިމޭ ދުވަސްވަރާ ދިމާކޮށް ރަށްރަށަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން މޯލްޑިވިއަންއިން އިތުރު ދަތުރުތަކެއް ތާވަލްކޮށްފިއެވެ.
Advertisement

މިގޮތުން މިމަހުގެ ހަތްވަނަ، އަށްވަނަ އަދި ނުވަވަނަ ދުވަހަށް އިތުރު ދަތުރުތަކެއް ތާވަލްކޮށްފައިވާ ކަމަށް މޯލްޑިވިއަންއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މޯލްޑިވިއަންއިން އިއްޔެ ވެސް ވަނީ މިއަދާއި، މިމަހުގެ ފަސްވަނަ ދުވަސް އަދި ހަވަނަ ދުވަހަށް އިތުރު ދަތުރުތަކެއް ތާވަލްކޮށްފައެވެ. މިއަދު އިތުރުކުރި ދަތުރުތަކުގެ ތެރޭގައި ހަތްވަނަ ދުވަހު ގަން، ކުޅުދުއްފުށި، ފަރެސްމާތޮޑާ، ފުވައްމުލައް އަދި ހޯރަފުށީގެ ދެކޮޅު އުދުހުންތައް ހިމެނެއެވެ. އަދި އަށްވަނަ ދުވަހު ސ. ގަން އަދި ތިމަރަފުށީގެ ދަތުރުތަކާއި، ނުވަވަނަ ދުވަހު ގަމާއި ހޯރަފުށީގެ ދަތުރުތައް ވެސް ވަނީ ތާވަލްކޮށްފައެވެ.

މިއަހަރުގެ ރޯދަ މަހު ސްކޫލްތައް ބަންދުކޮށްފައިވާއިރު، ރޯދަ މަހުގެ ފަހު 10 ދުވަހާއި ފިތުރު އީދުގެ މުނާސަބަތާ ގުޅިގެން މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ. މި ޗުއްޓީތަކާ ދިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ފުރައިގެން ގޮސްފައިވާއިރު، ޗުއްޓީ ނިމިގެން އެނބުރި މާލެ އައުމަށް ޓިކެޓް ހޯދުމަށް ޑިމާންޑް ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.

މޯލްޑިވިއަންއިން ބުނެފައިވާ ގޮތުގައި މި ދަތުރުތައް ބުކްކުރުމަށް 1617 އަށް ގުޅައިގެން ނުވަތަ މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް ވެސް ބުކިން ހެއްދޭނެއެވެ. ޗުއްޓީ ނިމިގެން ރަށްރަށުން މާލެ އަންނަން ބޭނުންވާ ފަރާތްތަކަށް މި އިތުރު ދަތުރުތަކުން ފަސޭހަތަކެއް ލިބިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް