ads
ބޮލީވުޑް ފިލްމެއްގެ ޝޫޓިންގެ ތެެރެއިން
ފިލްމުކުޅެން ދިޔަ އަންހެނަކު ރޭޕްކުރި ބޮލީވުޑް ޑައިރެކްޓަރެއް ހައްޔަރުކޮށްފި
ބޮލީވުޑް ޑައިރެކްޓަރު ސަނޯޖް މިޝްރާ ރޭޕް ދައުވާއެއްގައި ދިއްލީ ޕޮލިހުން ހައްޔަރުކޮށްފިއެވެ.
Advertisement

އުމުރުން 45 އަހަރުގެ މި ޑައިރެކްޓަރު ހައްޔަރުކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިންކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާއާ ގުޅިގެން ބޮލީވުޑްގެ ދާއިރާއަށް ބޮޑު ސިހުމެއް ލިބިފައިވެއެވެ.

މި މައްސަލަ ހުށަހެޅި 28 އަހަރުގެ އަންހެން މީހާގެ ފަރާތުން ބުނެފައިވަނީ މިޝްރާ އޭނާއަށް ފިލްމުގެ ރޯލްތައް ދޭނެކަމަށާއި ކައިވެނިކޮށްދޭނެކަމަށް ބުނެ އޮޅުވާލައި، ހަތަރު އަހަރުގެ މުއްދަތެއްގައި ގިނަ ފަހަރު މަތިން ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ. އަދި މުންބާއީގައި އެކުގައި ދިރިއުޅުމަށް މަޖުބޫރުކޮށް، ތިން ފަހަރު މަތިން ދަރިފުޅު ވައްޓާލުމަށް މަޖުބޫރުކުރުވި ކަމަށްވެސް ބުނެފައިވެއެވެ. ފެބްރުއަރީ 18، 2025 ގައި ދިއްލީގެ ނަބީ ކަރީމް ސަރަހައްދުގައި ހުންނަ ހޮޓެލް ޝިވާގައި އޭނާއަށް ޖިންސީ ގޯނާކޮށް ދޫކޮށްލުމުން ޕޮލިހަށް ރިޕޯޓުކުރި ކަމަށް ވެއެވެ.

މިޝްރާއަކީ މަހާކުމްބް މެލާގައި މަޝްހޫރުވި މާލަ ވިއްކާ އަންހެނެއްކަމަށްވާ "މޮނަލިސާ" އަށް ފިލްމެއްގައި ފުރުސަތު ދިން ޑައިރެކްޓަރެވެ. އޭނާ ވަނީ "ދަ ޑައިރީ އޮފް މަނިޕޫރު" ނަމަކަށް ކިޔާ ފިލްމެއްގައި މޮނަލިސާއަށް ފުރުސަތު ދޭން ނިންމާފައެވެ. އެހެންނަމަވެސް މިހާރު މި ހާދިސާއާ ގުޅިގެން އެ ޕްރޮޖެކްޓްގެ މުސްތަގުބަލާމެދު ސުވާލު އުފެދިފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ބޮލީވުޑްގައި ހިނގާ މިފަދަ ކަންކަމާމެދު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ.

"ދަ ޑައިރީ އޮފް ބެންގަލް" އަދި "ގާންދީގިރީ" ފަދަ ފިލްމުތަކުން މަޝްހޫރު މިޝްރާ މިހާރު ހުރީ ނަބީ ކަރީމް ޕޮލިސް ސްޓޭޝަންގެ ބަންދުގައެވެ. ޕޮލިހުން މުޒަފަރްނަގަރުން މެޑިކަލް ހެކި މި މައްސަލައިގައި ހޯދާފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް