
ހަންގޭރީގެ ބޮޑުވަޒީރު މި މޭރުމުން ވާހަކަދެއްކެވިއިރު، އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އުޅުއްވަނީ ރަސްމީ ދަތުރެއްގައި އެ ގައުމުގަ އެވެ. އަދި ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން އޮތީ ކޯޓު އަމުރެއްވެސް ނެރެފަ އެވެ.
އައިސީސީގެ ފައުންޑިން މެމްބަރެއްގެ ގޮތުގައި ހަންގޭރީން އެ އަމުރު ތަންފީޒު ކުރަން ޖެހެއެވެ. އައިސީސީގެ މެމްބަރު ގައުމުތަކުގެ ތެރެއިން ގައުމަކަށް ނަތަންޔާހޫ ވަޑައިގެންފިނަމަ، ހައްޔަރުކުރުމަށް ކޯޓު އަމުރުގައި ލާޒިމްކޮށްފައިވެ އެވެ.
އައިސީސީ ސިޔާސީ ވެފައި އޮތް ވަރު ވިދާޅުވަމުން އޯބަން ވިދާޅުވީ ނަތަންޔާހޫ ހައްޔަރުކުރަން ނެރުނު އަމުރަކީ ސިޔާސީ އަމުރެއް ކަމަށެވެ.
ހަންގޭރީ އައިސީސީން ވަކިވާން ނިންމި އިރު، އެ ގައުމަކީ އެ ކޯޓް އުފެއްދުމުގައި ހިއްސާވާ ގައުމެކެވެ. އައިސީސީގެ މެންބަރުންގެ ގޮތުގައި މިހާރު 125 ގައުމު ހިމެނޭ އިރު، ހަންގޭރީ ވެފައި މި ވަނީ އައިސީސީން ވަކިވާން ނިންމި (ޔޫރަޕިއަން ޔުނިއަން އީޔޫ) ގެ ފުރަތަމަ ގައުމަށެވެ.
ހަންގޭރީގެ މި އަމަލާ އެކު އައިސީސީން ވަނީ އެ ނިންމުމާ މެދު ހިތާމަކުރާ ކަމަށް ބުނެފަ އެވެ. އަދި އަދި ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރަށް މެންބަރު ގައުމެއްގެ ހައިސިއްޔަތުން ހަންގޭރީން ތަބާވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.