ފެނަކައިން ބުނީ މާވަށަށް ގެންގޮސްފައިވަނީ 800 ކިލޯވޮޓްގެ އައު އިންޖީނެއްކަމަށެވެ.
އެކުފުންފުނިން ބުނީ މި އިންޖީނު މިހާރު އެރަށަށް ގެންގޮސްފައިވާކަށެވެ. އަދި އިންޖީނު އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާ ހިދުމަތަށް ދިނުމުގައި އިންޖީނު ބޭނުން ކުރެވޭނެކަމަށް ލަފާކުރެވޭކަމަށް ފެނަކައިން ބުނެއެވެ.
ލ. މާވަަށް ބޮޑު އިންޖީނެއް ފޮނުވީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެރަށުގެ ކަރަންޓުގެ ހާލަތުގެ ރަނގަޅުކުރުމުގެ ގޮތުން ކެޕޭސިޓީ އިތުރުކުރުމަށްކަމަށް ފެނަކައިން ބުނެއެވެ.