ads
ހޯރަފުށީގައި ސިހުރި ހަދާތީ ހައްޔަރުކުރި އުމުރުން 34 އަހަރުގެ މުހައްމަދު އަބްދުލްކަރީމް
ހޯރަފުށީގައި ސިހުރު ހަދާކަން ފުލުހުންގެ އިންޓެލިޖެންސަށް، މީހަކު ހައްޔަރުކޮށްފި
ހޯރަފުށީގައި ސިހުރު ހަދާކަން ފުލުހުންގެ އިންޓެލިޖެންސަށް އެނގިގެން އެރަށުން މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ ސިހުރު ހަދާތީ ހައްޔަރުކުރީ ވ. ކެޔޮދޫ / ތިބުރޯޒުގެ، އުމުރުން 34 އަހަރުގެ މުހައްމަދު އަބްދުލްކަރީމްކަމަށެވެ. 

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު މި މީހާ ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގެ މުއްދަތު ކޯޓުން ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ.  

ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުގައި ސިހުރު ހަދައިގެން ފުލުހުންނަށް ލިބޭ ރިޕޯޓްތައް އަންނަނީ އިތުރުވަމުންނެވެ. 

ހދ. ކުޅުދުއްފުށީގައިވެސް ސިހުރުގެ ކަންތައް ބޮޑުވެ އެރަށަށް ފުލުހުން އަރާ މިދިޔަ ފެބްރުއަރީ މަހު ވަނީ ބޮޑު އޮޕަރޭޝަނެއް ހިންގާ ގެތަކެއް ބަލާ ފާސްކޮށްފައެވެ. އަދި 8 ގެއަކުން ސިހުރު ހަދާ ސާމާނު ނެރިގެން ފުލުހުން ވަނީ ގެންގޮސްފައެވެ. 

އޭގެކުރިން ސިހުރުގެ ކަންކަން ބޮޑުވެގެން ތ. ވިލުފުއްޓާއި ރ. އަލިފުއްޓާއި ރ. މީދޫގެ އިތުރުން ހއ. ކެލާއަށްވެސް ފުލުހުން ވަނީ އަރާފައެވެ. އަދި ބައެއް ގެތައް ބަލާ ފާސްކޮށް ފޮތްތަކެއް ވަނީ ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް