އިމިގްރޭޝަނުން ބުނީ މި ކްރޫޒްލައިނާ ރާއްޖެ އައިސްފައިވަނީ އޮސްޓްރޭލިއާގެ ފްރެމެންޓަލް- ޕާތު އިން މިދިޔަ މަހުގެ 27ގައި ފުރައިގެންކަށެވެ.
މި ކްރޫޒްލައިނާގައި 1،866 ފަސިންޖަރުންނާއި 952 ފަޅުވެރިން ހިމެނޭކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މީ ޕެސިފިކް ސަރަހައްދުން އިންޑިއާ ކަނޑު ހުރަސްކޮށް، ސީޕޯޓް އެން-ރޫޓް ކްލިއަރެންސް އަށް ކުރި އެންމެ ދިގު ދަތުރުކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
1800 ވުރެ ގިނަ ޓްއަރިސްޓުންނާއި އެކު ރާއްޖެ ވަން މެގްނިފިކާގައި އިމިގްރޭޝަން މުވައްޒަފުން ހަރަކާތްތެރިވަނީ
މި ކްރޫޒާލައިން ރާއްޖެއަށް އައުމުން މީ މިއަަރުގެ ތެެރޭގައި ރާއްޖެ ވަން އަށްވަނަ ކްރޫޒްލައިނާއެވެ. މިދިޔަ މަހު އެކަނިވެސް ރާއްޖެއަށް ތިން ކްރޫޒްލައިނާ ވަނީ އައިސްފައެވެ.