ads
ރަސްގެތީމުން ހައްޔަރުކުރި މީހުން
ރަސްގެތީމު ގެއެއްގައި ގްރޫޕު ހަދައިގެން ޑުްރަގު ބޯން ތިބި 9 މީހުން ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. ރަސްގެތީމު ގެއެއް ބަލައިފާސްކޮށް 9 މީހުން ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ މި 9 މީހުން ވެސް ހައްޔަރުކޮށްފައިވަނީ އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބައެވެ.

މި ގުޅިގެން ހައްޔަރުކޮށްފައިވަނީ 

  • ރ. ހުޅުދުއްފާރު / ލޫނާ، އަހްމަދު ނިހާން (23އ) 
  • ރ. ރަސްގެތީމު / އިރުދޭމާގެ، އިބްރާހީމް ރިޝާމް (36އ) 
  • ރ. ހުޅުދުއްފާރު / ފަތިސްހަނދުވަރުގެ، އާދަމް ނަސީމް (30އ) 
  • ޅ. ނައިފަރު / ހަނަފަސްގެ، އަމީނާ މުހައްމަދު (32އ) 
  • ރ. ހުޅުދުއްފާރު / އާސްމާނުވިލާ، އައްޔޫބު އާދަމް (33އ) 
  • ހދ. ކުޅުދުއްފުށި / ބީޗްސައިޑް، ފަރީހާ ބިންތި އަލީ ވަހީދު (21އ) 
  • ރ. ހުޅުދުއްފާރު / ލައިނޫފަރުގެ، އިބްރާހީމް އާދިލް (38އ) 
  • ރ. ރަސްގެތީމު / އިރުދޭމާގެ، އަހްމަދު ވިޝާމް (41އ) 
  • ރ. ހުޅުދުއްފާރު / އާސްމާނުވިލާ، ހުސައިން ސަރްޙާން (30އ) 

your imageރަސްގެތީމުން ހައްޔަރުކުރި މީހުން

ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެއްޗާއި 43500 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަހްމަދު ނިހާން (23އ) އާއި، އިބްރާހީމް އާދިލް (38އ) އާއި، އާދަމް ނަސީމް (30އ) އާއި، އިބްރާހީމް ރިޝާމް (36އ) 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިކަމަށް ފުލުހުން ބުނެއެވެ. އަދި އަމީނާ މުހައްމަދު (32އ) އާއި، އައްޔޫބު އާދަމް (33އ) އާއި، ފަރީޙާ ބިންތި އަލީ ވަހީދު (21އ) އާއި، އަހްމަދު ވިޝާމް (41އ) އާއި، ހުސައިން ސަރްހާން (30އ) 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިކަމަށް ފުލުހުން ބުނެއެވެ.  

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް