ads
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް
ކޮޅުވެއްޓި ބަންޑުން ޖަހާލުން: އެމްޕީއެލްއިން އެތެރޭގެ ތަހުގީގެއް
އިއްޔެ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ މައްސަލާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެތެރޭގެ ތަހުގީގެއް ފަށައިފިއެވެ.
Advertisement

އިއްޔެ ހަވީރު އެމްޕީއެލް ބަނދަރު ސަރަހައްދުގައި ހިނގި މި ހާދިސާގައި ދެ މީހަކު ވަނީ ނިޔާވެފައެވެ. އޭއީ ދިވެއްސަކާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ. 

މިކަމާއި ގުޅިގެން މިއަދު އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ވަނީ އެ ހާދިސާގައި މަރުވި މުވައްޒަފުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާއި އެ ހާދިސާ ތަހުގީކުރާކަން ހާމަކޮށްފަށްފައެވެ.

"ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާއާ ގުޅިގެން މި ކުންފުނީގެ ޑިޕާޓުމަންޓުތަކުން މިހާރު ވަނީ އެތެރޭގެ ތަހުގީގެއް ފަށައިފަ އެވެ. އަދި ތަހުގީގުން އެނގޭ މައުލޫމާތަށް ރިއާޔަތްކޮށް، އިތުރު މައުލޫމާތު އާންމުކުރާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

"އައި އެންޑް ސީ ހަލީމާ" ނަމަކަށް  މި ކޮޅުވެއްޓި ބަންޑުން ޖަހާލީ ހައިމާކުތަކެއް އެއަށް ބަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށެވެ. އެ ގޮތުން އެއަށް އެއް އެއް ހައިމާކު ބަރުކޮށް އަނެއް ހައިމާކު ބެހެއްޓި ވަގުތު ކޮޅުވެއްޓިގެ ބެލެންސް ގެއްލި ބަނޑުން ޖަހާލީއެވެ. 

މި ހާދިސާގައި ހިނގި ވަގުތު އެ ކޮޅުވެއްޓިގައި 14 މީހުން ތިބިކަމަށާއި މި އެންމެން ސަލާމަތްކޮށް 6 މީހަކަށް އަނިޔާވެގެން އެ ވަގުތު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ.  

މިއީ މިއަަރުގެ ތެރޭގައި ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ހިނގި ތިންވަނަ ހާދިސާއެވެ. މިދިޔަ ޖޫން މަހު ހިނގި ހާދިސާގައި ދެ މީހަކު މަރުވިއެވެ. އަދި މިދިޔަ މަހު ހިނގި ހާދިސާގައި ތިން މީހަކު މަރުވި އިރު އޭގައި ދިވެއްސަކުވެސް ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް