މެރިން ރިސާޗްއިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ އިދާރާގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މިއަދު ޝިމާލް އައްޔަނުކޮށްފައިވާ ކަމަށާއި ޝިމާލްއަކީ ތަޖުރިބާ ހުރި، އެއިދާރާގެ ރިސާޗް ޕްރޮގްރާމްތަކުގައި މަސައްކަތްކޮށް، ބައެއް ޕްރޮޖެކްޓްތައް ތަރައްގީކޮށްފައިވާ ފަރާތެއް ކަމަށެވެ.
އެމްއެމްއާރްއައިގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ޝާފިޔާ ނައީމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މެރިން އިންޑަސްޓްރީގައި 24 އަހަރުގެ ތަޖުރިބާ ހުރި ޝާފިޔާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.