ads
ޓެންޕީ ސަން ސޯލްޓްގެ ނަމުގައި ދިއްދޫ ފެކްޓަރީން އުފައްދާ ލޮނު
ރާއްޖޭގައި ލޮނު އުފައްދަން ފަށައިފި، ފުރަތަމަ ފެކްޓްރީ ދިއްދޫގައި
ކެއުމަށް ބޭނުންކުރާ ލޮނު ރާއްޖޭގައި އުފައްދާ އެކަމަށް ހާއްސަ ފެކްޓަރީ އެއް ފުރަތަމަ ފަހަރަށް ހުޅުވައިފި އެވެ.
Advertisement

ޖަޕާނުގެ ކުންފުންޏަކާއި ދިވެހި އަމިއްލަ ކުންފުންޏެއް ގުޅިގެން އެޅި މި ފެކްޓަރީ ހުޅުވާފައިވަނީ ހއ. ދިއްދޫގަ އެވެ. 

އެރަށުން 15000 އަކަފޫޓްގެ ބިމެއް ކުއްޔަށް ނަގައިގެން މި މަސައްކަތް ފަށާފައިވާ ދިވެހި ކުންފުންޏަކީ އެމް.ޑީޕް އިންވެސްޓްމަންޓްއެވެ. މި މަސައްކަތަށް ކައުންސިލުން ވަނީ 15 އަހަރަށް ބިމެއް އެ ކުންފުންޏަށް ކުއްޔަށް ދޫކޮށްފައެވެ.

ދިއްދޫގައި ލޮނު ފެކްޓަރީ ހުޅުވާ އިއްޔެ ވަނީ އެ ފެކްޓަރީގައި ލޮނު އުފައްދަންވެސް ފަށާފައެވެ. 

އެމް.ޑީޕް އިންވެސްޓްމަންޓް ބުނީ ރާއްޖޭގައި ލޮނު އުފައްދަން ފަށާފައި މިވަނީ ރާއްޖޭގެ ކަނޑުގެ ލޮނުގެ ކޮލިޓީ ޖަޕާނުގައި ޓެސްޓުކުރުމަށްފަހުކަމަށެވެ. އަދި މި ޓެސްޓަކުގެ ނަތީޖާތަކުން ދެއްކީ އެހެން ގައުމުތަކުގެ ކަނޑުގެ ލޮނާ ތަފާތުކޮށް ރާއްޖޭގެ ކަނޑުގެ ލޮނަކީ ކޮލިޓީ ރަނގަޅު އަދި ސިއްހަތަށް ފައިދާހުރި މާއްދާތަކުގެ މިންވަރުވެސް މަތި ލޮނެއްކަމަށް އެ ކުންފުނިން ބުނެއެވެ. 

your imageދިއްދޫ ލޮނު ފެކްޓަރީ 

މި ފެކްޓަރީން ތިން ބާވަތެއްގެ ލޮނު އުފެއްދުމަށްވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ކެއިންބިއުމުގައި ބޭނުންކުރާ ލޮނާއި، ބައެއް ހާއްސަ ބާވަތްތަކުގެ އިތުރުން، ލޮނު މަސް ތައްޔާރު ކުރުމަށް ބޭނުންކުރާ ލޮނުވެސް އުފައްދާނެކަމަށް އެ ކުންފުނިން ބުނެއެވެ. 

"ޓެންޕީ ސަން ސޯލްޓް" ގެ ނަމުގައި މި ކުންފުނިން އުފައްދާ ލޮނު ބޭރުކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ ރިސޯޓްތަކށާއި ޖަޕާނަށްކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. 

މި ލޮނު ފެކްޓަރީގެ ސަބަބުން ދިއްދޫގައި ވަޒީފާ އުފެފި ކައުންސިލަށްވެސް ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ. އެގޮތުން ކައުންސިލަށް އާމްދަނީގެ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 144،000 ރުފިޔާ ލިބޭނެކަމަށް ކައުންސިލުން ބުނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް