ads
LIVE BLOG
ރައީސް މުއިއްޒު
ރައީސް އެދިވަޑައިގަތީ ނަތީޖާ ރަނގަޅުކޮށް ހުނަރު ތަރައްގީކުރަން
ދަރިވަރުންގެ ނަތީޖާ ރަނގަޅުކޮށް އެކުދިންގެ ހުނަރު ތަރައްގީކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
Advertisement

އެމަނިކުފާނު މިގޮތަށް އެދިވަޑައިގަތީ މިއަދު ފެށުނު އާ ދިރާސީ އަހަރުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސްގެ ޕޯސްޓްގައި އެމަނިކުފާނު ވަނީ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ކިޔަވާ ކުދީންނަށާއި ބެލެނިވެރީންގެ އިތުރުން ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުދައްރިސުންނަށާއި ހިދުމަތްތެރީންނަށް އަރިސްކުރައްވާފައެވެ.  

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ މި ފެށުނު ދިރާސީ އައު އަހަރު، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުންކަމަށެވެ. އެގޮތުން ގައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ހާސިލްކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްގީކުރުމުގައި އެއްބާރުލުން ދެއްވަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. 

" އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތަޢުލީމު ދިނުމުގެ ހައްގު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާނަން." ރައީސް ވިދާޅުވިއެވެ.

މުދައްރިސުންނާއި، ތަޢުލީމީ ދާއިރާގެ ހިދުމަތްތެރީން ކަމަށްކަމޭ ހީކުރެއްވުމާއިއެކު، އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށްވެސް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބެލެނިވެރީން ދަރީންނަށް ރަނގަޅު ތަޢުލީމާއިއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއްވެސް ފަރުވާކުޑަ ނުކުރެއްވުމަށްވެސް ރައީސް ވަނީ އެދިވަދައިގެންފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް