ads
ފަނޑިޔާރު ޝަހީދު - ފޮޓޯ ސުޕްރީމް ކޯޓު
ސަމާލުކަން ހުރީ މަގުސަދު ހާސިލްކުރަން، ހުރަސްތަކަކަށް ނޫން: ޝަހީދު
ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ފަށްޓަވާއިރު، ސަމާލުކަން ހުރީ ޝަރުއީ ދާއިރާގެ މަގުސަދުތައް ހާސިލް ކުރުމަށް ކަމަށާއި، އެއްގޮތަކަށްވެސް ޝަރުއީ ދާއިރާގެ ހުރަސްތަކަށް ނޫންކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވެއްޖެއެވެ.
Advertisement

ޖޭއެސްސީއަށް ޝަހީދު އިއްޔެވަނީ އައްޔަން ކުރައްވާފައެވެ. ޖޭއެސްސީއަށް ޝަހީދު އައްޔަން ކުރެއްވީ، ސުޕްރީމް ކޯޓުން އެ ކޯޓު ތަމްސީލްކުރާ ޖޭއެސްސީގެ މެންބަރުގެ ގޮތުގައި ޝަހީދު އިންތިހާބު ކުރުމުންނެވެ. ޝަހީދުއަކީ މިދިޔަ މާރިޗު މަހު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރެކެވެ. ޝަހީދު ކުރިން ހުންނެވީ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައެވެ.

ސޯޝަލް މީޑިއާގައި ޝަހީދު ވިދާޅުވީ، ސަމާލުކަން ހުރީ ޖުޑިޝަރީގެ ހުރަސްތަކަށް ނޫން ކަމަށެވެ. "ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މިއަދު މިދަތުރުގައި ނިކުންނައިރު، އަޅުގަނޑުގެ ސަމާލުކަން ހުންނާނީ ޖުޑިޝަރީގެ މަގުސަދުތައް ހާސިލް ކުރުމަށް، ހުރަސްތަކަކަށް ނޫން". ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމާއި މެޖިސްޓްރޭޓްކަންވެސް ކުރިން ކުރެއްވި ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ޖޭއެސްސީގައި މަސައްކަތް ކުރައްވަން ފެށްޓެވިއިރު، އެ ތަނުގައި މިފަހުން ފެށުނު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ތަހުގީގަކާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންވަނީ އެ ކޮމިޝަނަށް އަމާޒުވެފައެވެ. އެ ކޮމިޝަނުން މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރު ސަސްޕެންޑް ކުރިއެވެ. އޭގެ ތެރެއިން އެއް ފަނޑިޔާރު، މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އަނެއް ދެ ފަނޑިޔާރުންގެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް