ads
އިމްޕޯޓް މުދާ---
އިމްޕޯޓް އެކްސްޕޯޓް ކުރުމަށް "ޓްރޭޑިއަން" ޕްލެޓްފޯމް އާދިއްތަ ދުވަހު ތައާރަފުކުރަނީ
ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެއް ޕްލެޓްފޯމަކުން މުހިންމު ހިދުމަތްތައް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" އަންނަ އާދިއްތަ ދުވަހު ބޭނުން ކުރަން ފަށާ ގޮތަށް ނިންމައިފިއެވެ.
Advertisement

މި ޕްލެޓްފޯމަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން، ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މިދިޔަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވުމާ އެއްގޮތަށް، އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި އިދާރާތައް އެއް ވިއުގައަކުން ގުޅާލުމަށް އުފައްދާފައިވާ ޓްރޭޑިއަން ޕްލެޓްފޯމް އަންނަ އާދީއްތަ ދުވަހު ބޭނުން ކުރަން ފަށަން ނިންމާފައިވާ ކަމަށެވެ. އެމްޕީއެލްއިން ޓްރޭޑިއަން މެދުވެރިކޮށް ފޮރިން ވެސަލް ރަޖިސްޓްރީކުރުމާއި، ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުމާއި، ސީ ކާގޯ އިމްޕޯޓް މެނިފެސްޓް ހުށަހެޅުމުގެ ހިދުމަތްތައް ދޭނެއެވެ.

ކަސްޓަމްސްއިންވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޝިޕިން އޭޖެންޓުން ރަޖިސްޓްރީކުރުމާއި، ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީކުރުމާއި، ފްރައިޓް ފޯވާޑަރުން ރަޖިސްޓްރީކުރުމާއި، ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުމާއި، ސީ ކާގޯ މެނިފެސްޓް ހުށަހެޅުމުގެ ހިދުމަތްތައް ޓްރޭޑިއަން މެދުވެރިކޮށް ދޭން ފަށާނެއެވެ. އަދި ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ހިދުމަތްތައް ފޯރުކޮށްދޭނީ ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް އެމްޕީއެލްއާއި ކަސްޓަމްސްއިން ބުނެފައިވެއެވެ. ޓްރޭޑިއަން ފަރުމާކޮށްފައިވަނީ އިގްތިސާދީ ދާއިރާގެ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިވެރިންގެ ހިޔާލާއި މަޝްވަރާ ހޯދައިގެންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް