ads
އައިސީޔޫ
ގުރުގްރާމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އޮތް އެއާ ހޮސްޓެސްއަކަށް ޖިންސީ ގޯނާކޮށްފި
އިންޑިއާގެ ގުރުގްރާމްގެ މެޑާންޓާ ހޮސްޕިޓަލްގެ އައިސީޔޫގައި 46 އަހަރުގެ އެއަ ހޮސްޓެސްއަކަށް ޖިންސީ ގޯނާކޮށްފިކަމަށް ތުހުމަތުކޮށް ފުލުހުންނަށް ޝަކުވާ ހުށަހަޅައިފިއެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ އޭޕްރިލް 6، 2025 ގައި ކަމަށް ބުނެ، ވިކްޓިމް ވެންޓިލޭޓަރުގައި އޮއްވާ ހޮސްޕިޓަލް މުވައްޒަފަކު އޭނާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އެއަލައިން ޓްރެއިނިން އަކަށް ގުރުގްރާމްގައި ހުރި މި އަންހެން މީހާ، ހޮޓެލެއްގެ ސްވިމިން ޕޫލްގައި ގެނބިގެން ގުޅިގެން އޭޕްރިލް ހޮސްޕިޓަލުގައި އެޑްމިޓްކުރިއެވެ. ހޭނެތިފައި އޮއްވާ ޖިންސީ ގޯނާކުރި ކަމަށް ބުނާ މި ހާދިސާ ހިނގިއިރު ދެ ނަރުހުން ތިބި ކަމަށާއި، ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް އަންހެން މީހާ ބުނެފައިވެއެވެ. އޭޕްރިލް 13 ގައި ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު، އޭނާ މި ހާދިސާގެ ވާހަކަ ފިރިމީހާއަށް ކިޔައިދީ، ދެމަފިރިން އޭޕްރިލް 14 ގައި ގުރުގްރާމް ފުލުހުންނަށް ޝަކުވާ ހުށަހަޅާފައިވެއެވެ.

ފުލުހުން މިހާރު ވަނީ 'ބަރަތިޔާ ނިޔާޔާ ސަންހިތާ' ގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށަށް އެފްއައިއާރެއް ރަޖިސްޓަރީކޮށްފައެވެ. ތުހުމަތުކުރެވޭ ފަރާތް ހޯދުމަށް ހޮސްޕިޓަލްގެ ސީސީޓީވީ ފުޓޭޖާއި ޑިއުޓީ ޗާޓުތައް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މެޑާންޓާ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި މި ތުހުމަތުތަކަށް ސާބިތުވާ ހެކި ނެތް ކަމަށް ބުނެފައިވީނަމަވެސް، ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، ސީސީޓީވީ ފުޓޭޖް ހިމެނޭ ހުރިހާ ލިޔެކިޔުންތަކެއް ފުލުހުންނަށް ފޯރުކޮށްދީފައިވާ ކަމަށް ބުނެފައިވެއެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް