ads
ރާއްޖޭގައި އުފެއްދުނު އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު
އައްޔައާއި އަޝްފާގު ގުޅިގެން ކުޅިވަރު އެކަޑީމެއް ހަދަނީ
އަލީރަމީޒު ދާދިފަހުން އުފެއްދި "މަންފާ" ޖަމިއްޔާ އިން ކުޅިވަރު އެކަޑަމީއެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

އައްޔަ މި އެކަޑީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި  ކުރީގެ މަޝްހޫރު ވޮލީބޯޅަ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ގެ އިތުރުން ފުޓްބޯޅަ ކޯޗު އަލީ ނިސްތާރު މުހައްމަދާއި ގުޅިގެންނެވެ. 

your imageއައްޔަ އުފައްދާ އެކަޑަމީގެ މަޝްވަރާގެ ތެރެއިން 

އައްޔަ އެކްސްގައި ކުރި ޓްވީޓެއްގައި ބުނީ މަންފާ ގެ ސްޕޯޓްސް އެކަޑަމީއެއް ވުޖޫދަށް އަންނަނީކަމަށެވެ. އިތިރު ތަފްސީލެއް އަދި އައްޔަ ނުދެއެވެ. 

ސަލަފް ޖަމިއްޔާގައި މަސައްކަތްކުރި އައްޔަ އެ ޖަމިއްޔާއިން ވަކިވެ 

މަންފާ ޖަމިއްޔާ ރަޖިސްޓަރީ ދާދި ފަހުންނެވެ. އައްޔަ ވަނީ ސަލަފުގައި 14 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް