ads
ފުލުހުން ހޯދަމުން އަންނަ އަސްއަދު އަލީ
ކެނަބިސް އެތެރެކުރި މީހަކު ނުފެނިގެން ހޯދަނީ
ރާއްޖެއަށް ކެނަބިސް އެތެރެކުރި މީހަކު ނުފެނިގެން ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ ހޯދަމުންދަނީ އަސްއަދު އަލީ، މ. ރިހިވިދުވަރުގެ / މާލެ (31އ) އެވެ.

ފުލުހުން ބުނީ މި މީހާ ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހުގެ 16 ވަނަ ދުވަހުގެ 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށެވެ. 

މި އަސްއަދު އަލީ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅާ އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް