ads
އުފެއްދުންތެރިކަމުގެ މައުރަޒުގައި މިނިސްޓަރު ސައީދު
އުފެއްދުންތެރިކަމުގެ މައުރަޒަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.
Advertisement

ކުރިން މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި މި މުއްދަތު އިތުރުކުރީ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ފަރާތްތަކަކަށް ދިނުމަށެވެ. މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މިހާތަނަށް މައުރަޒުގައި ބައިވެރިވުމަށް 256 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.

މައުރަޒުގައި ބައިވެރިވާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވާލުމަށްޓަކައި، ކުރިން ކަނޑައަޅާފައިވާ 15 ބާވަތުގެ އުފެއްދުމުގެ ލިމިޓް އުވާލާފައިވާކަމަށް އޮފީހުން ބުނީއެވެ. އަދި މިހާރު މައުރަޒުގައި ބައިވެރިވާ ފަރާތްތަކަށް ބޭނުން އަދަދަކަށް ތަކެތި ބައިވެރިކުރެވޭނެއެވެ. މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މިހާރު ލިބިފައިވާ އެޕްލިކޭޝަންތަކުގައި 4415 ތަފާތު އުފެއްދުންތައް ހިމެނެއެވެ. އިގުތިސާދީ ވުޒާރާގެ އިރުޝާދާއެކު މި މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގެ މަގުސަދަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މައުރަޒުކަމަށްވާއިރު، މި އަހަރުގެ މައުރަޒުގައި ބައިނަލްއަގުވާމީ ފަރާތްތަކުންވެސް ބައިވެރިވާނެކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުން 31 ވަނަ ދުވަހާ ހަމައަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް